ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގދ.ފަރެސްމާތޮޑާގެ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުން
މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ފަރެސްމާތޮޑާގެ ބިމާއި އިޙްތިޞާސް ހިމެނޭގޮތަށް، ކުރިއަށް އޮތް 20 އަހަރު ދުވަހަށް ލޭންޑް ޔޫޒް ޕްލޭނާއި ޓޮޕޮގްރަފިކް ސަރވޭ އާއި ކަމާއިގުޅޭގޮތުން ހަދަންޖެހޭ އެންމެހައި ލިޔެކިޔުންތަކާއި، ކުރެހުންތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2025 އޭޕްރިލް 15 ވަނަދުވަހުގެ 13:00 ގެ ކުރިން "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް މިކައުންސިލްގެ އިދާރާއަށް ހުށައެޅުން އެދެމެވެ. ބިޑް ރަޖިސްޓްރީ ފޯމް [email protected] މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. މި މަސައްކަތައް ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މިބީލަމާއި ގުޅޭ ބިޑް ފޮތް މިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
- މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 އޭޕްރިލް 16 ވަނަދުވަހުގެ 13:30ގެ ކުރިން ތިރީގައިވާ އީ-މެއިލް އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.
- މި ބީލަމުގެ ޕްރީ ބިޑް މީޓިން ބެއްވުމަށް ހަމަޖެހިފައި ވަނީ 2025 އޭޕްރިލް 17 ވަނަދުވަހުގެ 13:30ގައި މި ކައުންސިލްގެ އިދާރާގައެވެ.
- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2025 އޭޕްރިލް 22 ވާ އަންގާރަ ދުވަހު 13:00 ގައި މި ކައުންސިލްގެ އިދާރާގައެވެ.
- އީމެއިލް: [email protected]
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
06 އެޕްރީލް 2025
ހޯދާ