ދިވެހިރާއްޖެ
Turkiye Scholarship Summer Research Program 2025 |
ތުރުކިޔޭގެ ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން، ތުރުކިޔޭގެ ސަބަންސި ޔުނިވަރސިޓީއިން އިންތިޒާމުކޮށްގެން 8 ހަފުތާގެ މުއްދަތަށް ހިންގުމަށް ރޭވިފައިވާ ސަމަރ ރިސާރޗް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ލިބިފައެވެ.
މިޕްރޮގްރާމަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތުންނެވެ. މިޕްރޮގްރާމް ކުރިމަތިލުމުގެ ޝަރުތުތަކާއި އެޕްލައިކުރެވޭނެ ދާއިރާތަކާއި އިތުރު މައުލޫމާތު މިއިޢުލާނާއިއެކު މިމިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިން ލިބެން ހުންނާނެއެވެ. ވީމާ، މި ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 11 އެޕްރީލް2025 ވާ ހުކުރު ދުވަހުގެ ތުރުކިޔޭގެ ގަޑިން 16:00ގެ ކުރިން އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އަދި މިޕްރޮގްރާމްތަކުގެ މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު ތިރީގައިވާ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
ވެބްސައިޓް : https://pure.sabanciuniv.edu/ އެޕްލިކޭޝަން ލިންކް:https://pure.sabanciuniv.edu/node/add/application
...............................................................................................................................................................
|