މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަފަރި ޖަމާއަތުގެ ޤުރުޢާން ކިޔެވުމުގެ މުބާރާތް – ފުރަތަމަ މުބާރާތް، ޝައްވާލް 1446 ހ

މި ކޮމިއުނިޓީގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށް 2025 އެޕްރީލް 25 ވަނަ ދުވަހު ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މި ކައުންސިލާއި އ.ތ.މ ކޮމިޓީ އާއި ރަށުގެ އެންމެހާ މުއައްސަސާތައް ގުޅިގެން މިރަށުގެ ސްކޫލުގެ ދަރިވަރުންނަށާއި އާއްމު ރައްޔިތުންނަށް ހިންގޭ މި ފަދަ ފުރަތަމަ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، މުބާރާތުގައި ބައިވެރިވުމަށް އެދި ހުށައަޅާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 2025 މާރިޗު 31 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުމަށްއެދި މިއިދާރާގެ (I)288/2025/017 ވަނަ ނަންބަރު އިއުލާނުން ވާނީ ދަންނަވާފައެވެ. ނަމަވެސް ފާއިތުވި ގިނަ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްކަމުގައި ވެފައިވާތީ، ފޯމު ހުށައެޅުމަށް ކަނޑައަޅާފައިވާ މުއްދަތު 2025 އެޕްރީލް 10 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ބަންދުނޫ ކޮންމެ ދުވަހެއްގެ ހެނދުނު 09:30 މެންދުރު 12:30 އަށް މި އިދާރާއިން ލިބެންހުންނާނެއެވެ. އަދި އިއުލާނާއިއެކު އެއްކަރުދާސް ކުރީމެވެ. ވީމާ، މިކަން އާއްމުކޮށް އަންގާ އިއުލާންކުރީމެވެ.
06 އެޕްރީލް 2025
ހޯދާ