ދިވެހިރާއްޖެ
FSM-ADV/2025/038
މުވައްޒަފުން ބޭނުންވެއްޖެ
ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: |
އޮފިސަރ،ޓެލެންޓް އެކުއިޒިޝަން |
ޑިޕާޓްމަންޓް/ސެކްސަން: |
ހިއުމަން ރިސޯސަސް |
ބޭނުންވާ އަދަދު: |
01 |
ޝަރުތުތައް: |
- ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވުން. - މަސައްކަތުގެ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން. - މައިކްރޯސޮފްޓް އޮފީސް ފަރިތަކަމާއެކު ބޭނުން ކުރަން އެނގުން. |
މަސްޢޫލިއްޔަތު: |
- ކުންފުނީގެ ވަޒީފާތަކަށް ބޭނުންވާ މީހުން ކުންފުނީގެ ސިޔާސަތާ އެއްގޮތަށް ހޯދުން. - ވަޒީފާގެ ފުރުޞަތުތައް އިޝްތިހާރުކޮށް، އެކަށީގެންވާ ޕްލެޓްފޯމްތަކުގައި ޝާއިޢުކުރުން. - ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް ދެނެގަނެ، އިންޓަވިއުއަށް ޝޯޓްލިސްޓްކުރުން. - އިންޓަވިއު ޕްރޮސެސް ރާވައި، ޝެޑިއުލްކޮށް ކޯޑިނޭޓް ކުރުން. - ހިއުމަން ރިސޯސް ސެކްސަންގެ ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަންކަންކުރުން. - ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން. |
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
ހެޑް އޮފީސް |
މަޤާމް: |
އޮފިސަރ، ކޮމްޕްލަޔަންސް |
ޑިޕާޓްމަންޓް/ ޔުނިޓް: |
ކޮމްޕްލަޔަންސް |
ބޭނުންވާ އަދަދު: |
01 |
މަސައްކަތުގެ ބާވަތް: |
- ކުންފުނީގެ ހުރިހާ އުޅަނދުފަހަރާއި ވެހިކަލްތަކާއި ޝެޑްތަކުގެ ހުރިހާ ހަރަކާތްތަކެއް މޮނިޓަރކުރުން - ތަހުގީގާއި ބެހޭ ބަޔާންތައް ހޯދައި، ކޯޑިނޭޓްކޮށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން - ތަހުގީގަށް ބޭނުންވާ މައުލޫމާތު ދިރާސާކުރުން - މައްސަލައާ ގުޅިގެން ރިޕޯޓްތައް ތައްޔާރުކުރުން - ކޭސް ލޮގް ބެލެހެއްޓުމާއި އަޕްޑޭޓްކުރުން - ހިނގަމުންދާ ނުވަތަ ކުއްލި ތަހުގީގުތަކަށް ސައިޓަށް ހާޒިރުވުން. |
ޝަރުތުތައް: |
- ޖީ.ސީ.އީ އޯލެވެލް މަދުވެގެން 4 މާއްދާއިން ފާސްވެފައިވުން - މަސައްކަތާއި ގުޅޭ ދާއިރާއަކުން 1 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަން ދެވޭނެވެ. |
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
ހެޑް އޮފީސް |
ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 10 އޭޕްރިލް 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.
އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421/3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.
06 އޭޕްރިލް 2025