ފުވައްމުލަކު ހޮސްޕިޓަލް
ދިވެހިރާއްޖެ
ފުވައްމުލަކު ހޮސްޕިޓަލުގެ އިމާރާތްތަކާއި ފާރުތަކާއި ގޯތިތެރެ ފޮޅައި ސާފުކޮށް، ވަށައިގެންވާ މަގުތަކުން ކުނިނަގައި ވިނަނޮޅައި ސާފުކުރުމުގެ މަސައްކަތުގެ ބީލަމުގެ ދަޢުވަތު

 

 

ފުވައްމުލަކު ހޮސްޕިޓަލުގެ އިމާރާތާއި،ގޯތިތެރެ ފޮޅާ ސާފުކޮށް،ވަށައިގެންވާ މުގުތަކުގެ ވިނަ ނޮޅައި ސާފުކުރުމުގެ މަސައްކަތުގެ ބީލަމުގެ ދައުވަތު:

ފުވައްމުލަކު ހޮސްޕިޓަލުގެ އިމާރާތާއި،ގޯތިތެރެ ފޮޅާ ސާފުކޮށް،ވަށައިގެންވާ މުގުތަކުގެ ވިނަ ނޮޅައި ސާފުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްސީލް

ތާރީހް

ގަޑި

މައުލޫމާތު ސާފުކުރުން

13 އޭޕްރިލް 2025

13:00

އަންދާސީ ހިސާބު ހުށަހެޅުން

17 އޭޕްރިލް 2025

13:00

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައެއް ނުގެނެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތް ފިޔަވައި އެހެން ފަރާތްތަކުން އަންދާސީ ހިސާބާއި، މަޢުލޫމާތު ހޯއްދެވުމަށް ހާޟިރުވާނަމަ އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއަކާއިއެކު ފޮނުއްވެވުން އެދެމެވެ. އަދި ގަޑިޖެހިގެން ހާޟިރުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

 މައުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި ހޮސްޕިޓަލުގެ މީޓިން ރޫމުގައެވެ.

06 އެޕްރީލް 2025
ހޯދާ