ދިވެހިރާއްޖެ
އިޢުލާން
މިމަރުކަޒަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
|
މަޤާމު: |
ލެބޯޓްރީ އެސިސްޓެންޓް |
|
މަޤާމުގެ ގިންތި |
ދާއިމީ |
|
ބޭނުންވާ އަދަދު: |
1 |
|
ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 2 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
|
މަޤާމުގެ ނަންބަރު |
188-OD/22/2015/14 |
|
ރޭންކް: |
ޖީ.އެސް 4 |
|
މަޤާމު އޮތް އޮފީސް: |
ހއ.އަތޮޅު ތަޢުލީމީ މަރުކަޒު |
|
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން: |
އިދާރީ |
|
މަސައްކަތް ކުރަން ހަމަޖެހިފައިވާ ތަނާއި ރަށް: |
ހއ. އަތޮޅު ތަޢުލީމީ މަރުކަޒު، ހއ. ދިއްދޫ |
|
މުސާރައާއި އެލަވަންސް: |
މުސާރަ: -/5020ރ ސަރވިސް އެލަވަންސް: -/1500ރ |
|
އެހެނިހެން ޢިނާޔަތްތައް: |
ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
|
މަޤާމުގެ ޝަރުޠު: |
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ - މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ - ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
|
މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް |
|
|
މިވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް - ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު - މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރާއި މަސައްކަތުގެ އަޚުލާޤު - މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް އިންޓަރވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ: ފޯން: 6500014 ފެކްސް: 6500560 މެއިލް އެޑްރެސް: [email protected] ސުންގަޑި: ޝަރުޠު ހަމަވާ ފަރާތްތަކުން 19 އޮގަސްޓު 2015 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ ތަކެތި، މިމަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅުއްވަންޖެހޭ ތަކެތި:
އިންޓަރވިއު: މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނެ ތާރީޚާއި ވަގުތު އިޢުލާނުގެ މުއްދަތު ހަމަވުމުން ރަސްމީ 07 ދުވަހުގެ ތެރޭގައި އެންގޭނެ ވާހަކަ ދެންނެވީމެވެ. އިންޓަރވިއު އޮންނާނީ ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. އަދި އިންޓަރވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ ޝޯޓްލިސްޓް ކުރުމަށްފަހު ޝަރުޠު ހަމަވާ ފަރާތްތަކުގެ މެދުގައެވެ. |
|
24 ޝައްވާލް 1436
