މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"މ.އަތޮޅު ކައުންސިލްގެ ފުޓްސަލް މުބާރާތް 2025" ގައި މ.މުލިން ބައިވެރިވާ ޓީމްގެ ކަންކަން އިންތިޒާމްކުރާނެފަރާތެއް ހޯދުމާގުޅޭ

2025 މެއި 15 ވަނަ ދުވަހު މ.ކޮޅުފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ " މ.އަތޮޅު ކައުންސިލްގެ ފުޓްސަލް މުބާރާތް 2025 " ގައި މ.މުލިން ބައިވެރިވާ ޓީމުގެ ކަންކަން އިންތިޒާމްކުރުމަށް (ކައުންސިލާއި ގުޅިގެން) ޝައުޤުވެރިވެލައްވާ ކުލަބް ޖަމިއްޔާތަކަށް އެފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ކުލަބް ޖަމިއްޔާތަކުން 2025 އޭޕްރީލް 10 ވާ ބުރާސްފަތި ދުވަހު 13:00 ގެ ކުރިން ލިޔުމަކުން ކައުންސިލް އިދާރާއަށް އަންގަވައި ދެއްވުން އެދި ދެންނެވީމެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 މާރިޗު 2025
ހޯދާ