|
ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ
|
|
މަޤާމު
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
ޖީ. އެސް. 3
އޮފިސަރ ގްރޭޑް 1
|
|
މުސާރަ
ސަރވިސް އެލަވަންސް
ސްޕެޝަލް ޑިއުޓީ އެލަވަންސް
|
-/4,465 ރުފިޔާ
-/1,500 ރުފިޔާ
1,562/75 ރުފިޔާ (އިތުރު ގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.)
|
|
ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން
|
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޔުނިޓް
|
|
ބޭނުންވާ އަދަދު
|
01
|
|
ޝަރުޠު
|
- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ އަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
|
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޔުނިޓަށް ލިބޭ ލިޔުންތަކުގެ ތެރެއިން ޖަވާބު ދިނުމަށް ޙަވާލުކުރެވޭ ލިޔެކިއުންތަކަށް ޖަވާބު ދިނުމާއި، ޔުނިޓުން ލިޔަންޖެހޭ ސިޓީ،ނޯޓް ފަދަ ތަކެތި ލިޔުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޔުނިޓުން އަހަރީ ރިޕޯޓަށް ދޭންޖެހޭ މަޢުލޫމާތުތައް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތަށް ދިނުން.
- އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޔުނިޓުން ހަމަޖައްސަންޖެހޭ މީޓިންގތައް ހަމަޖެއްސުމާއި މީޓީންގގައި ބައިވެރިވުމާއި މީޓިންގގެ ޔައުމިއްޔާ ލިޔެ ގަވާއިދުން ބަލަހައްޓަމުން ދިއުން.
- އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޔުނިޓުން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން ދަތުރެއް ކުރަންޖެހިއްޖެ ނަމަ އެދަތުރެއް ރާވާ ހަމަޖެއްސުމާއި ދަތުރުގައި ބައިވެރިވާން ޖެހިއްޖެނަނަ ދަތުރުގައި ބައިވެރިވުމާއި ދަރުތު ނިންމުމަށްފަހު ދަތުރު ރިޕޯޓު ތައްޔާރުކުރަން ޖެހިއްޖެނަމަ ރިޕޯޓު ތައްޔާރު ކުރުން.
- އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޔުނިޓުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުން.
- އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޔުނިޓުން އަހަރުން އަހަރަށް ހަދަންޖެހޭ ފައިލްތަކާއި ފޮތްތައް ހެދުން.
- އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޔުނިޓުގެ ލިޔުންތައް ދުވަހުން ދުވަހަށް ފައިލް ކޮށް ބެލެހެއްޓުން.
- އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޔުނިޓުގެ މުވައްޒަފަކު ސަލާމުގައި ހުރުމުން ނުވަތަ ޗުއްޓީ ނެގުމުގެ ސަބަބުން މަސައްކަތަށް ދަތިވާނަމަ، އެމުވައްޒަފެއް ކުރާ މަސައްކަތްތަކުގެ ތެރެއިން ޙަވާލުކުރާ މަސައްކަތްތައް ކުރުން.
- އައި.ސީ.ޓީ އާ ގުޅޭ ތަކެތީގެ ތެރެއިން ނީލަމަށް ފޮނުވަންޖެހޭ ތަކެތީގެ ލިސްޓް ތައްޔާރުކޮށް ޕްރޮކިއުމަންޓް ޔުނިޓަށް ޙަވާލުކުރުން.
- މި ނޫނަސް އޮފީހުން ރާވާ ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ އެ މަސައްކަތަތައް ކުރުން.
|
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- މައިކްރޯ ސޮފްޓް އޮފީސް ޕެކެޖަށް އަހުލުވެރި ވެފައިވުން.
- ދިވެހި ބަހާއި، އިނގިރޭސި ބަހުން ފަރިތަކޮށް ޓައިޕްކުރަން އެނގުން.
- ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.
|
|
ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.
- ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސްގެ މަގާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ.
- މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
- ސުންގަޑި: 23 އޮގަސްޓު 2015 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް.
- އިންޓަރވިއު އާއި އިމްތިޙާން ކުރުން 24 އޮގަސްޓު 2015 އާއި 17 އޮކްޓޫބަރު 2015 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.
|
|
26 ޝައްވާލް 1436
|