ދިވެހިރާއްޖެ
ހދ.ކުމުންދޫ ނެރުމަގު ބީޗް ތަރައްޤީ ކުރުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވިމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށައެޅުއްވުންއެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 08 އޭޕްރީލް 2025 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކުން ފޯމް ހުށަހަޅާ ރަޖިސްޓްރީވުމަށް އެދެމެވެ. މިކަމާ ގުޅޭ މަޢުލޫމާތު ކަރުދާސް ރަޖިސްޓްރީ ކުރާ ފަރާތްތަކާއި ޙިއްސާ ކުރެވޭނެއެވެ.
ލިންކް: https://forms.office.com/r/MKBuR2CDRB
ތަފްސީލް |
ތާރީޚް |
ގަޑި |
ސުވާލެއްވާނަމަ އީމެއިލް ކުރައްވަންވީ ސުންގަޑި އީމެއިލް: [email protected] |
08 އޭޕްރީލް 2025 (އަންގާރަ) |
10:00 |
ރަޖިސްޓަރ ވުމުގެ ސުން ގަޑި |
08 އޭޕްރީލް 2025 (އަންގާރަ) |
10:00 |
ޕްރީ ބިޑް ބައްދަލުވުން |
08 އޭޕްރީލް 2025 (އަންގާރަ) |
13:00 |
އަންދާސީ ހިސާބު ހުށަހެޅުން |
13 އޭޕްރީލް 2025 (އާދިއްތަ) |
13:00 |
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުމުންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ބިޑްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި އަދި އިޢުލާނު ކުރެވިފައިވާ މަސައްކަތާއި ގުޅޭ ވިޔަފާރީގެ ހަރަކާތް/ތައް ރަޖިސްޓްރީ ކޮށް ފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.