ދިވެހިރާއްޖެ
19 ފެބުރުވަރީ 2025 ގައި މިކައުންސިލުން ކެނދިކުޅުދޫގައި އުފެދޭ ކުނި މެނޭޖުކޮށް ރިސައިކަލް ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭގޮތުން ކޮށްފައިވާ ނަންބަރު (IUL)286-MP/286/2025/17 އިޢުލާނާ ގުޅިގެން ދަންނަވަމެވެ.
އެކަށީގެންވާ މިންވަރަށް ތަރުހީބު ލިބިފައިވާ ނުވާތީ މަތީގައި ދެންނެވުނު އިޢުލާން ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
އެގޮތުން، ނ.ކެނދިކުޅުދޫ ގޭބިސީތަކުން އުކާލެވޭ ބަދިގެ ބާކީ، ކެނދިކުޅުދޫ ވޭސްޓް މެނޭޖްމެންޓް ސެންޓާރުގައި މެނޭޖުކޮށް، ކުނިން ނަފާލިބޭނެހެން ރިސައިކަލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
އެގޮތުން ކުނީގެ ބާވަތްތަކުގެ ތެރެއިން ބަދިގެއިން އުކާލެވޭ ކުނިވާ ޒާތުގެ ތަކެތި މެނޭޖުކޮށް، ބަޔޯޓެކްނޮލޮޖީގެ ޒަރިއްޔާއިން ކޮމްޕޯސްޓާއި ގަސްކާނާ ހެދޭނެ ނިޒާމެއް، ނ. ކެނދިކުޅުދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގައި ޤާއިމުކުރުމަށް ބޭނުންވެއެވެ.
މިބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.
- ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު)ގެ ދަށުން، ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓުރީ ކުރެވިފައިވާ ވިޔަފާރިތައް؛
 - ޤާނޫނު ނަންބަރު 2011/13 (ޕާޓްނަރޝިޕް ޤާނޫނު)ގެ ދަށުން، ޕާޓްނާޝިޕެއްގެ ގޮތުގައި ރަޖިސްޓުރީ ކުރެވިފައިވާ ވިޔަފާރިތައް؛
 - ޤާނޫނު ނަންބަރު 2007/3 (ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނު)ގެ ދަށުން، ކޯޕަރޭޓިވް ސޮސައިޓީއެއްގެ ގޮތުގައި ރަޖިސްޓުރީ ކުރެވިފައިވާ ވިޔަފާރިތައް؛ އަދި
 - ޤާނޫނު ނަންބަރު 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު)ގެ ދަށުން، ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓުރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.
 
އަދި؛
- ޤާނޫނު ނަންބަރު 2022/03 (ޖަމްޢިއްޔާތަކުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތައް
 
| 
 ނަން ނޯޓް ކުރުން/ ރަޖިސްޓްރޭޝަން  | 
 ބީލަން ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން، 20 މާރިޗު 2025 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން، ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރޭޝަން ފޯރމު ފުރިހަމަކޮށް ފޮނުވަންވާނެއެވެ. ރަޖިސްޓްރޭޝަން ލިންކް: https://forms.office.com/r/YGwiBUL3qc މިއިޢުލާނަށް ބިލަން ހުށަހެޅޭނީ، ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.  | 
||||||||
| 
 ބީލަން ހުށަހެޅުން  | 
 ބީލަން ހުށަހެޅުން އޮންނާނީ 25 މާރިޗު 2025 ވާ އަންގާރަ ދުވަހު 14:00ގައި ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެފަރާތުގެ މަޢުލޫމާތު، ލިޔުމުން ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] އަށް ފޯރުކޮށްދޭން ވާނެއެވެ. ބީލަން ހުށަހަޅާ ފަރާތަށް ހުށަހެޅޭނީ 1 (އެކެއް) ޕްރޮޕޯސަލެވެ. އެއް ޕްރޮޕޯސަލަށްވުރެ ގިނަ ޕްރޮޕޯސަލް، އެއް ފަރާތަކުން ހުށަހަޅައިފިނަމަ، އެފަރާތަކުން ހުށަހަޅާ ހުރިހައި ޕްރޮޕޯސަލެއް ބާޠިލް ކުރެވޭނެއެވެ. މީގެ ތެރޭގައި އެހެން ފަރާތަކުން ހުށަހަޅާ ޕްރޮޕޯސަލެއްގައި ބައިވެރިވުންވެސް ހިމެނޭނެއެވެ.  | 
||||||||
| 
 ބީލަމާއެކު ހުށަހަޅަންޖެހޭ ތަކެތި:  | 
 އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއާއި ވެރިފަރާތުގެ އައިޑީ ކާޑް ކޮޕީ 
 - ފަރުދީ ވިޔަފާރި، ޕާޓްނާރޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީތަކުން ސޮއިކުރުމުގެ އިޚްތިޔާރުދީފައިވާ ކަމުގެ ޕަވަރ އޮޕް އެޓާރނީ ހުށަހަޅަންވާނެއެވެ. - ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރނޫން އެހެން ފަރާތަކުން ސޮއިކުރިނަމަ ބޯޑު ރިޒޮލިއުޝަން ހުށަހަޅަންވާނެއެވެ. 
 ޕްރޮފައިލްގައި ހުށަހަޅަންޖެހޭ މައިގަނޑު މައުލޫމާތުތަކީ:- ހ) ކުރިމަތިލާ ފަރާތުގެ މަޢުލޫމާތު ށ) ކުންފުނި، ޕާޓްނަރޝިޕް ނުވަތަ ކޯޕަރޭޓިވްސް ފަދަ ތަނަކުން ހުށަހަޅާނަމަ ބޯޑު މެންބަރުން އަދި މެނޭޖިންގ ޑިރެކްޓަރ / މެނޭޖިން ޕާޓްނާރ ފަދަ އިސްމަގާމުތަކުގައިވާ ފަރާތްތަކުގެ މަޢުލޫމާތު ނ) ބީލަން ހުށަހަޅާ ފަރާތުން ޢާންމުކޮށް ކުރާ ވިޔަފާރި / މަސައްކަތްތައް 
 - ބަދިގެ ކުނި މެނޭޖުކޮށް ރިސައިކަލްކުރުމަށް ހުށަހަޅާ ގޮތުގެ ތަފްޞީލު. - ވޭސްޓް މެނޭޖްމެންޓް ސެންޓަރ ބޭނުންކުރާނެގޮތުގެ ތަފްޞީލު. - ވޭސްޓް މެނޭޖްކޮށް ރިސައިކަލްކުރުމަށް ޤާއިމުކުރާ އިންފްރާސްޓްރަކްޗާރގެ ދަށުން ތަރައްޤީކުރާ ތަންތަން އެނގޭނެ ޗާރޓު. - ރިސައިކަލްކުރުމުން އުފެދޭ ޕްރޮޑަކްޓްތައް. - ޕްރޮޑަކްޓްތައް ބޭނުންކުރެވޭނެ ގޮތް ނުވަތަ ޢާމްދާނީ ހޯދޭނެ ގޮތް. - ޕްރޮޑަކްޓް މާރކެޓްކުރުން. - އުކާލެވޭ ޕްލާސްޓިކު، ދަގަނޑު އަދި ބިއްލޫރި ފަދަ ތަކެތިން ޢާމްދަނީ ހޯދުމަށް ކޮށްދެވޭނެ ކަންކަން. - އިޖުތިމާޢީ ޒިންމާގެދަށުން ކުރުމަށް ހުށަހަޅާ ކަންކަން.  | 
||||||||
| 
 ބީލަން ވަޒަންކުރުން:  | 
 ބީލަން ކާމިޔާބުކުރާ ފަރާތެއް ކަނޑައެޅުމަށްޓަކައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތާއި އިސްކަންދޭނެ ތަރުތީބު 
  | 
||||||||
| 
 ޕްރޮޕޯސަލަށް މާކްސް ދެވޭނެ ގޮތް:  | 
 
  | 
||||||||
| 
 އިތުރު މަޢުލޫމާތު:  | 
 އެކަށީގެންވާ އަދަދަށް ބިޑު ލިބިފައި ނުވާނަމަ އަދި ހުށަހަޅާފައިވާ ބިޑްތަކުގެ އަގާއި މުއްދަތު އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލްކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ. - ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ - ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ، - ފޯން: 6560013 ނުވަތަ 6560663 (ރަސްމީ ގަޑީގައި) - އީމެއިލް: [email protected]  | 
މިމަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން 20 މާރިޗު 2025 ވާ ބުރާސްފަތި ދުވަހު 13:00ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށްފަހު، 25 މާރިޗު 2025 ވާ އަންގާރަ ދުވަހު 14:00 ގައި ކެނދިކުޅުދޫ ކައުންސިލަށް ވަޑައިގެން ބީލަން ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
16 ރަމަޟާން 1446
