ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ޑްރާފްޓްސްމަން)

 ވަޒީފާގެ ފުރުޞަތު (ޑްރާފްޓްސްމަން)

މިކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

 މަޤާމް:

 ޑްރާފްޓްސްމަން

 ބޭނުންވާ ޢަދަދު:

 02 (ދޭއް)

 މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

 ކްލެސިފިކޭޝަން / ރޭންކް:

 އޮފިސަރ – ގްރޭޑު 3

 އަސާސީ މުސާރަ:

 މަހަކު -/6,000 ރުފިޔާ

 އެހެނިހެން ޢިނާޔަތްތައް:

 -   ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

 -   އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

 -   ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %25

 -   ލިވިންގ އެލަވަންސް: އަސާސީ މުސާރައިގެ 15%

 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ ޢުޞޫލުން އިތުރުގަޑީގެ ފައިސާ   ދެވޭނެއެވެ.

 ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ   އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

 ފެންވަރު ނުވަތަ ޝަރުތު:

 -  މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.   ނުވަތަ،

 -  ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުމާއެކު މަޤާމާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 1   އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

 -  މަޤާމާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ   ލިބިފައިވުން.

 -  އޮޓޯކެޑް ނުވަތަ ސިވިލް 3ޑީ ރަނގަޅަށް ބޭނުންކުރަން އެނގުން.

 ވަޒިފާގައި ކުރަންޖެހޭ   މައިގަނޑު މަސައްކަތްތައް:

 -   އޮޓޯކެޑް އަދި ކަމާ ގުޅޭ ސޮފްޓްވެއަރ ބޭނުންކޮށްގެން ކުރެހުންތައް ތައްޔާރުކުރުން.

 -   ސާރވޭ ރިޕޯޓުތަކުން ލިބޭ ނަތީޖާއަށް ބިނާކޮށް ކުރެހުންތައް ތައްޔާރުކުރުން.

 -   ޕްރޮޖެކްޓްތަކަށް ބޭނުންވާ އީ.އައި.އޭ ހުއްދަތައް ހޯދުމާއި އަދާހަމަކުރުން.

 -   ޓެކްނިކަލް ރިޕޯޓުތައް ތައްޔާރުކޮށް ކަމާގުޅޭ ފަރާތްތަކާ ހިއްސާކުރުން.

 -   ކޯޕަރޭޝަނުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮޖެކްޓްތައް ޕްލޭންކުރުމާއި،   ޑިޒައިންކުރުމާއެކު ޕްރޮޖެކްޓްތަކުގެ ތަފްސީލީ ކުރެހުން ތައްޔާރު ކުރުން.

 -  މިނޫނަސް ސުޕަވައިޒަރ ހަވާލު ކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

 ސުންގަޑި:

 -   މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 18 މާރިޗް   2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ   މިކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް   ފޮނުއްވުން އެދެމެވެ.

 -   ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން   ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް   ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި   އިޢުލާނާއެކު ވަޒީފާއަށް އެދޭ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ   ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް   ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ތަޢުލީމީ ނުވަތަ އެ މަޤާމަކާއި ގުޅޭ ލިޔުން ހުށަހަޅަން ޖެހޭ މަޤާމުތަކުގެ ލިޔުންތައް.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ).
  4. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  5. ޕޮލިސް ރިޕޯޓް (މުއްދަތު ހަމަނުވާ)

 އިންޓަވިއު:

 މި މަޤާމަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ މާރިޗް / އޭޕްރީލް މަހުގެ   ތާރީޚެއްގައެވެ.

 އިތުރު މަޢުލޫމާތު: 

 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް   ގުޅުއްވުން އެދެމެވެ.

     16 ރަމަޟާން 1446

16 މާރިޗު 2025
ހޯދާ