މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބައި އިލެކްޝަނަށް ކުރިމަތިލުމަށް ހުޅުވާލުން

     ގާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލްގެ ގާނޫނު) ގެ ދަށުން އެކުލަވާލާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ބައި-އިލެކްޝަން އާ ބެހޭގޮތުން މިމިނިސްޓްރީން ކޮށްފައިވާ ނަންބަރ : (IUL)493-MR/493/2025/17(11 ފެބްރުއަރީ 2025) އިއުލާނާ އަދި ނަންބަރު:  (IUL)493-MR/493/2025/35  (10 މާރިޗު 2025) އިއުލާން އާ ހަވާލާދީ ދަންނަވަމެވެ.

     މޯލްޑިވްސް މީޑިއާ ކައުންސިލުގެ އާންމު މެންބަރެއްގެ މަގާމާއި މީޑިއާތައް ތަމްޘީލްކުރާ މެންބަރެއްގެ މަގާމު  ހުސްވެފައިވާތީ، އަދި މީޑިއާތައް ތަމްޘީލްކުރާ އިތުރު މެންބަރެއްގެ މަގާމު 28 އެޕްރީލް 2025 ގައި ހުސްވާތީ މި ތިން މަގާމަށް ތިން މެންބަރުން އިންތިޚާބުކުރުމަށްޓަކައި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.

     މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބާގައި ހުންނަންޖެހޭ ޝަރުތުތަކާއި އެނޫންވެސް މައުލޫމާތު މިކަމާބެހޭގޮތުން ކުރިން މިމިނިސްޓްރީން ކޮށްފައިވާ ނަންބަރ : (IUL)493-MR/493/2025/17 (11 ފެބްރުއަރީ 2025) އިއުލާނާ އަދި ނަންބަރު:  (IUL)493-MR/493/2025/35  (10 މާރިޗު 2025) އިއުލާނުގައި ހިމެނިފައިވާނެއެވެ. މި ދެ އިއުލާނާ ގުޅިގެން މެންބަރުކަމަށް ކުރިމަތިލުމަށް އެދި ފޯމާއި ލިޔުންތައް ހުށަހަޅާފައިވާ ފަރާތްތަކުން އަލުން މެންބަރުކަމަށް އެދި ހުށަހަޅާކަށް ނުޖެހޭނެއެވެ.

     ވީމާ، މޯލްޑިވްސް މީޑިއާ ކައުންސިލުގެ، މި ތިން މަގާމަށް ވާދަކުރަން އެދޭ ފަރާތްތަކުން 18 މާރިޗު 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މިމިނިސްޓްރީގެ ވެބްސައިޓްގައިވާ މީޑިއާ ކައުންސިލްގެ އިންތިޚާބުގައި މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު" ފުރުއްވައި، އެފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، މިނިސްޓްރީ އޮފް ޔޫތު އެންޕަވާމެންޓް، އިންފޮމޭޝަން އެންޑް އާޓްސް ގެ އީމެއިލް:  [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅާ ހުރިހާ ލިޔުންތައްވެސް ހުންނަންޖެހޭނީ ޕީޑީއެފް ފޯމެޓަށެވެ. މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު" އަދި "މައްސަލަ ސާފުކުރާ ފޯމު" މި އިއުލާން އާ އެއްކަރުދާސް ކުރެވިފައިވާނެއެވެ.

13 މާރިޗު 2025
ހޯދާ