މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
މާލެއަތޮޅު އަތޮޅު ކައުންސިލް އިދާރާގެ ބައެއް މަރާމާތުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން
                                ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
މާލެއަތޮޅު އަތޮޅު ކައުންސިލް އިދާރާގެ ބައެއް މަރާމާތުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން
މިއިދާރާގެ ބައެއް މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މިއިދާރައިން ދޭ މަޢުޅޫމާތާއި އެއްގޮތްވާގޮތުގެ މަތީން، އަމިއްލަ ތަކެތީގައި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފާރާތްތަކަށް މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މަސައްކަތުގެ ތަފްސީލް:
- އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް އިދާރާގެ އިރުމަތީ ފަރާތު ގޭޓް ގައި 10 ފޫޓު 18 އިންޗީގެ އޮޅިގަނޑެއް ރާނައި ސިމެންތި ޖެހުން.
 - އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް އިދާރާގެ އުތުރު ފަރާތު ދޮރުމަތީގައި 03 ފޫޓޫ 01 ފޫޓުގެ އޮޅިގަނޑެއް ރާނައި ސިމެންތި ޖެހުން.
 - އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް އިދާރާގެ އެތެރެ ފާހާނައިގެ ދޮރުމަތީގައި 03 ފޫޓޫ 06 އިންޗީގެ އޮޅިގަނޑެއް ރާނައި މުށިޖެހުން
 
ކޯޓޭޝަން ހުށަހެޅުން
- މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 16 މާރިޗު 2025 (އާދިއްތަ) ދުވަހުގެ ހެނދުނު 10:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 މާރިޗު 2025 (ހޯމަ) ދުވަހުގެ 13:00 ގެ ކުރިން އަގު ހުށަހެލުއްވުން އެދެމެވެ.
 - ކޯޓޭޝަންގައި، މަސައްކަތާއި ހަވާލްވާ ފަރާތުގެ އަމިއްލަ ތަކެތީގައި މަސައްކަތް ކޮށްދެވޭނެ އަގު އަދި މުއްދަތު އެނގެން އޮންނަންވާނެއެވެ.
 - މަސައްކަތަށް އަގު ހުށަހަޅާ ފޯމް މި އިޢުލާނާއި އެއްކަރުދާސްކުރެވިފައި ވާނެއެވެ. އަދި އަގު ހުށަހަޅާ ފޯމް މިއިދާރާގެ ރިސެޕްޝަންއިން ލިބިވަޑައިގަންނަވާނެއެވެ.
 
އިވެލުއޭޝަން ކްރައިޓީރިއާ:
- މަސައްކަތުގެ އަގު: %80 ޕޮއިންޓް (އެންމެ ކުޑަ އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
 - މުއްދަތަށް: %20 ޕޮއިންޓް (އެންމެ ކުރުމުއްދަތު ބެންޗްމާކް ކަމުގައި ބަލައިގެން)
 
އަގުހުށަހެޅުއްވާނީ މާލެ އަތޮޅު ކައުންސިލްގެ އިދާރާއަށެވެ. ކޯޓޭޝަން މެއިލް ކުރައްވާނަމަ ކުރައްވާނީ [email protected] މި މެއިލް އެޑްރެހަށެވެ.
             13 މާރިޗު 2025
            
        
                    ހޯދާ  
                
                