މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުމާއިބެހޭ
                                ކުރިން ފެލިސިޓީ އަށް ދޫކޮށްފައިވާ ބިމުގެ ހުޅަނގަށް އޮތް ހުސްބިމުގައި، ހުދުކުލައިގެ ދަވާދުން 01 ން 05 ނަންބަރު ޖަހާފައިވާ ފަސްރުކުގެ ވެރިން ހޯދުމަށް ބޭނުންވެއެވެ. އެހެންކަމުން މަތީގައި ދަންނަވާފައިވާ ފަސްރުކުގެވެރިން 2025 މާރިޗު 18 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ރުކުގައި މި ކައުންސިލުން ޖަހާފައިވާ ނަންބަރު އެނގޭގޮތަށް ލިޔުމުން ހުށައެޅުއްވުމަށް ދަންނަވަމެވެ. މި މުއްދަތުގެ ތެރޭގައި މި ފަސްރުކުގެ ވެރިއަކު ނުވެއްޖެނަމަ މިކައުންސިލުން ރުއްތައްކަނޑާލެވޭނެ ކަމުގައިވެސް ދަންނަވަމެވެ.
މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
12 ރަމަޟާން 1446
             12 މާރިޗު 2025
            
        
                    ހޯދާ  
                
                