ދިވެހިރާއްޖެ
އިޢުލާން
މި ޑިޕާޓްމަންޓުގެ، ތިރީގައިމިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
| 
 މަޤާމް  | 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ  | 
||||
| 
 ބޭނުންވާ އަދަދު  | 
 1 (އެކެއް)  | 
||||
| 
 ކްލެސިފިކޭޝަން  | 
 އޮފިސަރ ގްރޭޑް 1  | 
||||
| 
 މަޤާމުގެ ރޭންކް  | 
 ޖީ. އެސް. 3  | 
||||
| 
 ސެކްޝަން  | 
 ބަޖެޓް  | 
||||
| 
 މުސާރަ  | 
 -/4465 ރުފިޔާ  | 
||||
| 
 ސަރވިސް އެލަވަންސް  | 
 -/1500 ރުފިޔާ  | 
||||
| 
 އިތުރުގަޑީގެ ފައިސާ  | 
 ހުއްދަލިބިގެން ކުރާ އިތުރުގަޑީގެ މަސައްކަތަށް، ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ.  | 
||||
| 
 
 އަސާސީ ޝަރުޠު  | 
 1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ޘާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ފާސް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކްންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން.  | 
||||
| 
 މަޤާމުގެ މަސްއޫލިއްޔަތު  | 
  | 
||||
| 
 މަޤާމް  | 
 ކޮމްޕިއުޓަރ ޓެކްނީޝަން  | 
|||
| 
 ބޭނުންވާ އަދަދު  | 
 1 (އެކެއް)  | 
|||
| 
 މަޤާމުގެ ކްލެސިފިކޭޝަން  | 
 ޓެކްނިކަލް އޮފިސަރ ގްރޭޑް 1  | 
|||
| 
 މަޤާމުގެ ރޭންކް  | 
 އެމް. އެސް. 1  | 
|||
| 
 ސެކްޝަން  | 
 އައިޓީ ސެކްޝަން  | 
|||
| 
 މުސާރަ  | 
 -/5610 ރުފިޔާ  | 
|||
| 
 ސަރވިސް އެލަވަންސް  | 
 -/2000 ރުފިޔާ  | 
|||
| 
 އިތުރުގަޑީގެ ފައިސާ  | 
 ހުއްދަލިބިގެން ކުރާ އިތުރުގަޑީގެ މަސައްކަތަށް، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ.  | 
|||
| 
 
 
 އަސާސީ ޝަރުޠު:  | 
 1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛ 3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.  | 
|||
| 
 މަޤާމުގެ މަސްއޫލިއްޔަތު:  | 
  | 
|||
| 
 ވަޒީފާއަށް އެންމެ ޤާބިލް މީހެއް ހޮވުމުގައި ބަލާނޭ ކަންކަން: ހ. ލިބިފައިވާ ތަޖުރިބާ. ށ. ޤާބިލްކަން ކަށަވަރުކުރުން. - އިންޓަވިއުކޮށްގެން.  | 
އިންޓަވިއު ކުރުން:
މި މަޤާމްތަކަށް މީހުން ހޮވުމަށް އިންޓަވިއުކުރާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ، ލަސްވެގެން މަސައްކަތު 10 ދުވަހުގެ ތެރޭގައި އަންގާނެއެވެ.
ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ
* އިންޓަވިއުއަށް ދަންނަވާނީ ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ޑިޕާޓްމަންޓުގެ www.dpe.edu.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
ށ- ތަޢުލީމީ ސަނަދުތަކުގެ ނަކަލު (އެކްރެޑިޓްކޮށްފައިވާ ކޮޕީ)
ނ. ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، މި ވަޒީފާއަށް ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމަށް އެ މީހަކު ވަޒީފާ އަދާކުރާ އޮފީހަކުން ދީފައިވާ ލިޔުން.
ރ. ވަޒީފާއެއް އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާގެ މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭ ލިޔުން.
ބ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލު (ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނޭހެން އަދި ލިޔުންތައް ސާފުކޮށް އެނގެން އޮތް)
ޅ. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)
ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި:
- މި މަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ (ފިލާ ބިލްޑިންގުގެ 2 ވަނަ ފަންގިފިލާގެ) ކައުންޓަރަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 އޮގަސްޓު 24 ވާ ހޯމަ ދުވަހުގެ 14:30 އެވެ.
| 
 ނޯޓް: މި ޢިއުލާނުގައި ބަޔާންކޮށްފައިވާ މަޤާމުތަކަށް ކުރިމަތިލާ (ޝަރުޠުހަމަވާ) މީހުންގެ ތެރެއިން މަޤާމަށް މީހަކު ކަނޑައެޅުމުގައި ތިރީގައި ބަޔާންކުރާ މަރުޙަލާތަކަށް ރިޢާޔަތް ކުރެވޭނެއެވެ. ހ) ޝޯޓްލިސްޓް ކުރާ މީހުންނާ އިންޓަވިއު ކުރުން. ށ) އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން ގަޑިއަށް އިންޓަވިއުއަށް ހާޒިރުވެ ސޮއިކުރަންވާނެއެވެ. ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އިންޓަވިއު ނުކުރާނެއެވެ. * މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި ޑިޕާޓްމަންޓުގެ 3009339 ނަންބަރު ފޯނާއެވެ.  | 
28 ޝައްވާލް 1436
