އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ ބައެއް ތަންތަން ސައުންޑްޕްރޫފްކޮށްދޭނެ ފަރާތެއް ހޯދުމަށް

ނަންބަރ: ASND/GA/IUL/2025/14


މި ކުންފުނީގެ ބައެއް ތަންތަން ސައުންޑްޕްރޫފްކޮށްދޭނެ ފަރާތެއް ހޯދުމަށް 18 ފެބްރުއަރީ 2025 ގައި ކުރެވުނު އިޢުލާން ނަމްބަރު ASND/GA/IUL/2025/10 އަށް އެކަށީގެންވާ އަދަދަކަށް ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީވެ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ. 

ވީމާ، މި މަސައްކަތަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 11 މާރޗް 2025 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓްރީ ކުރެއްވުމަށް، [email protected]  އަށް ކުންފުނީގެ ނަމާއި، ގުޅޭނެ ފަރާތެއްގެ ފުރިހަމަ ނަމާއި ފޯނު ނަމްބަރު، އައިޑީ ކާޑު ނަމްބަރު އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު މެއިލް ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓްރީ ކުރުމަށް ފޮނުވާ އީމެއިލްގައި މި އިޢުލާން ނަމްބަރު ޖެއްސެވުން އެދެމެވެ. ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. 

މި މަސައްކަތަށް ރެޖިސްޓްރީ ވެލައްވާ ފަރާތްތަކަށް ބާއްވާ ޕްރީ ބިޑް މީޓިންގއެއް 13 މާރޗް 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި ކުންފުނީގެ މައި އޮފީސް (ފެން ބިލްޑިންގ 3 ވަނަ ފަންގިފިލާ( ގައި އޮންނާނެއެވެ. 

މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 18 މާރޗް 2025 ވާ އަންގާރަ ދުވަހުގެ 11:00 ގައި މި ކުންފުނީގެ މައި އޮފީސް (ފެން ބިލްޑިންގ 3 ވަނަ ފަންގިފިލާ) ގައެވެ.

ކަނޑައެޅިފައިވާ ސުންގަޑި އަށް ރެޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި ވެބް މީޓިންގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެވެ.

 

ޕްރޮކިޔުމެންޓް ސެކްޝަން

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

އަމީނީ މަގު، މައްޗަންގޯޅި، 20375

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]    ވެބްސައިޓް: www.aasandha.mv    ފޯން:  3011483      

06 މާރިޗު 2025
ހޯދާ