ދިވެހިރާއްޖެ
އިޢުލާން
ދ. ކުޑަހުވަދޫ ކައުންސިލް އިދާރާ ކުރިން ހިންގި އިމާރާތުން މި އިދާރާއާއި ހަވާލުކޮށްފައިވާ ބައި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން
ދ. ކުޑަހުވަދޫ ކައުންސިލް އިދާރާ ކުރިން ހިންގި އިމާރާތުން މި އިދާރާ އާއި ހަވާލުކޮށްފައިވާ ބައި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައި ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
v މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
v ބީލަން ހުށަހެޅޭނީ 12 މާރޗް 2025 ވާ ބުދަ ދުވަހު ހެނދުނު 11:00 އަށް ދ. އަތޮޅު ހޮސްޕިޓަލުގެ އޮފީހަށް ދުރުވެ ޕްރީބިޑް މީޓިންގ ގައި ބައިވެރިވެ ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
v ބީލަން ފޮތް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
v މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބު ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
v މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 16 މާރޗް 2025 ވާ އާދިއްތަ ދުވަހުގެ 12:00ގެ ކުރިން އިއުލާން ގައިވާ މެއިލް އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.
v އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 18 މާރޗް 2025 ވާ އަންގާރަ ދުވަހުގެ 11:00ގައި ދ. އަތޮޅު ހޮސްޕިޓަލް އޮފީހުގައެވެ.
v ބީލަން ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
- ދ. އަތޮޅު ހޮސްޕިޓަލް
- ފޯން: 6760089
05 މާރޗް 2025