ދިވެހިރާއްޖެ
ފާސްކޮށްފައިވާ ބިނާވެށި ޕްލޭންގައި، ޔުޓިލިޓީ އަދި މުނިސިޕަލް ޚިދުމަތްތަކަށް ޒޯނުކުރެވިފައިވާ ލޮޓް ނަންބަރ LOT-U-004-16.8 ބިން ދިގު މުއްދަތައް ކުއްޔަށް ދޫކުރުމަށް ހުޅުވާލަމެވެ. ވީމާ، މިއިއުލާނާއި އެއްކަރުދާސްކޮށްފައިވާ ބިމުގެ ލޮކޭޝަން އަންގައިދޭ ޗާޓުން ފާހަގަކޮށްފައިވާ ސަރަހައްދުގައި ޔުޓިލިޓީ އަދި މުނިސިޕަލް ޚިދުމަތްތައް ދިނުމަށް މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރެއްވުމަށް ހުޅުވާލަމެވެ.
ބިމުގެ ބޮޑުމިނަކީ 1500 އަކަފޫޓެވެ. ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލަނީ 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށެވެ. ބިމުގެ ކުލީގެ ގޮތުގައި ހުށައެޅޭނީ މަދުވެގެން ކޮންމެ އަކަފޫޓަކަށް 1 (އެކެއް) ރުފިޔާ ރޭޓުންނެވެ.
ބީލަމުގައި ބައިވެރިވެވޭނީ، އެ ކަމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމުގައި ރަޖިސްޓްރީވާން ހުށަހަޅާނީ 2025 މާރިޗް 11 ވާ އަންގާރަ ދުވަހު މެންދުރު 12:00 ގެ ކުރިން، ތިރީގައި ދީފައި އެވާ ލިންކު ގައިވާ ފޯމު ފުރިހަމަކޮށްގެންނެވެ.
ބިން ކުއްޔަށް ހުށައެޅުމަށް ބީލަން ހުށަހަޅާނީ އެ ކަމަށް ތައްޔާރުކޮށްފައިވާ ބީލަން ފޯމުންނެވެ. ބީލަން ފޯމު 2025 މާރޗް 11 ވާ އަންގާރަ ދުވަހު މެންދުރު 12:00 ން ފެށިގެން 2025 މާރިޗް 16 ވާ އާދީއްތަ ދުވަހު މެންދުރުފަހު 13:00 ގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ރަސްމީވަގުތުގައި ކައުންސިލްގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ.
ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ 2025 މާރިޗް 17 ވާ ހޯމަ ދުވަހު ހެނދުނު11:00ގައި މި އިދާރާ ގައެވެ.
ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވާ ވިޔަފާރިއަކުން ފޯމާއެކު ހުށަހަޅާންޖެހޭ ތަކެތީގެ ޗެކްލިސްޓްގައި ހުށަހަޅާން ޖެހޭ ތަކެތި އިދާރާއަށް ހުށަހަޅާންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރާން ތިރީގައިވާ ނަންބަރަށް ގުޅުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރުން އެދެމެވެ.
| 
 ކައުންސިލް އިދާރާގެ ފޯނު ނަންބަރު:  | 
 6560015  | 
| 
 ކައުންސިލް މޯބައިލް ފޯނު ނަންބަރު:  | 
 7763264  | 
| 
 ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް:  | 
