ދިވެހިރާއްޖެ
އިޢުލާނު
މި އޮފީހަށް ބޭނުންވާ ސްޓޯރޭޖް ރެކް ސްޓޭޝަން ވިއްކާނެ ފަރާތެއް ހޯދުން
މި އޮފީހަށް ބޭނުންވާ، މި ދަންނަވާ ސްޓޯރޭޖް ރެކް ސްޓޭޝަން ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
01.nos Synology RS4021XS + Rack Station
މި ތަކެތި ވިއްކުމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓަރީވުމަށް، 2025 މާރިޗު 10 ވާ ހޯމަ ދުވަހުގެ 10:30 ގެ ކުރިން މި އިޢުލާނުގައިވާ އީމޭލު އެޑްރެހަށް މިދަންނަވާ މައުލޫމާތު މޭލު ކުރުން އެދެމެވެ. މައުލޫމާތު ފުރިހަމަ ނުވާ، އަދި މުއްދަތު ހަމަވުމުގެ ފަހުން، ރަޖިސްޓްރީ ވުމަށް ފޮނުވާ އީމޭލުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ކުންފުނީގެ ނަން:
ބިޑު ހުށަހެޅުމަށް އަންނަ ފަރާތުގެ ނަން:
އީ-މޭލު:
ފޯނު ނަންބަރު:
ބީލަމުގައި ރަޖިސްޓްރީ ވުމަށާއި މައުލޫމާތު ސާފުކުރުމަށް [email protected] އަށް މޭލުކުރުން އެދެމެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2025 މާރިޗު 10 ވާ ހޯމަ ދުވަހުގެ 10:30 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީ ވުމަށްފަހު، 2025 މާރިޗު 13 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މި އޮފީހަށް ޙާޟިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސްތައް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.
4 ރަމަޟާން 1446