މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބިލެތްފަހީ ޕްރީ ސްކޫލަށް ކުދިންވެއްދުމާ ބެހޭ
2025 ވަނަ އަހަރު މި އިދާރާއިން ހިންގާ ޕްރީސްކޫލްގެ ބޭބީ ނާސަރީ ކުލާހަށް ވަނުމުގެ ފުރުޞަތު ހުޅުވާލަމެވެ. ބޭބީ ނާސަރީ ކުލާހަށް ވެއްދުމަށް ހަމަޖެހިފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރ 31 ގެ ނިޔަލަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިންނެވެ. ޕްރީސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފޯރމް މިއަދުން ފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ 09:00 އިން 12:00 އަށް ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.
ވީމާ، ބިލެތްފަހީ ޕްރީ ސްކޫލަށް ކުދިން ވެއްދުމަށް ބޭނުންވާ ފަރާތްތަކުން 12 މަރޗް 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން "ބިލެތްފަހީ ޕްރީ ސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު ކައުންސިލް އިދާރާއަށް ހުށައެޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.
04 މާރިޗު 2025
ހޯދާ