ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓު
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ކައިވެންޏާއި ވަރިއާ ގުޅިގެން ހުށަހަޅާ ފޯމު ބަދަލުވުން
                                ކައިވެނި އަދި ވަރިއާ ގުޅިގެން މި ކޯޓުގައި ބޭނުންކުރަމުން ގެންދާ ތިރީގައި ދަންނަވާފައިވާ ފޯމުތަކަށް ވަނީ ބަދަލު ގެނެވި އިޞްލާޙުކޮށްފައެވެ.
- ކައިވެނި ކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު (MC-01)
 - އެއް އަނތްބަށްވުރެ ގިނަ އަނތްބަށް ކައިވެނިކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު (MC-02)
 - ކައިވެނި ރުޖޫޢުކުރުމަށް އެދި ހުށަހަޅާ ފޯމު (MC-03)
 - ވަލީ ހަމަޖެއްސުމަށް އެދި ހުށަހަޅާ ފޯމު (MC-05)
 - ކައިވެނި / ވަރީގެ ސެޓްފިކެޓަށް އެދި ހުށަހަޅާ ފޯމު (MC-12)
 - ޢިއްދަ ހަމަކުރުމަށް އެދި ހުށަހަޅާ ފޯމު (MC-13)
 
ފޯމާއެކު ހުށަހަޅަން ޖެހޭ އެންމެހައި ލިޔެކިޔުންތަކުގެ މަޢުލޫމާތު ފޯމުގައި ހިމެނިފައިވާނެއެވެ. އަލަށް ތަޢާރަފުކުރެވުނު ފޯމުތައް މި ކޯޓުގެ ވެބްސައިޓު: www.hdh-kulhudhuffushi.courts.gov.mv އިންނާއި، މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކުރީގައި ބޭނުންކުރެވެމުންދިޔަ ފޯމުތައް 2025 މާރޗް 15 ވަނަ ދުވަހުން ފެށިގެން، މި ކޯޓަށް ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
             04 މާރިޗު 2025
            
        
                    ހޯދާ  
                
                