ދިވެހިރާއްޖެ
އިޢުލާން
ށ.އަތޮޅުގެ ޖަމިއްޔާތަކުން ރާވާ އިޖުތިމާޢީ ތަރައްޤީގެ ޕްރޮގްރާމްތަކަށް މާލީ އެހީއަށް އެދި ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލުން
ށ.އަތޮޅުގެ ރަށްރަށުގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމްޢިއްޔާތަކުން ރާވާ ހިންގާ އިޖުތިމާޢީ ތަރައްޤީގެ ޕްރޮގްރާމްތައް ހިންގުމަށް މާލީ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް މިއަދުން ފެށިގެންވަނީ ހުޅުވާލެވިފައެވެ. މާލީ އެހީއަށް އެދި ހުށަހެޅޭނީ ޤާނޫނު ނަންބަރު 2003/1 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ، ޖަމިއްޔާތަކުގެ ތެރެއިން ރަޖިސްޓްރީކުރި ފަހުން 1 (އެކެއް) އަހަރު ވެފައިވާ ށ. އަތޮޅަށް ނިސްބަތްވާ ޖަމިއްޔާތަކަށެވެ. އެގޮތުން މާލީ އެހީ ދޫކުރެވޭނީ މުޖުތަމަޢު ބާރުވެރިކުރުމަށާއި، އިޖުތިމާޢީ ތަރައްޤީއަށް އަދި އިޖުތީމާޢީ ރޫޙް އާލާކޮށް ދިރުވުމަށް ހިންގޭ ޕްރޮގްރާމްތަކަށެވެ. އަދި އެ ޕްރޮގްރާމް/ތައް ވާންވާނީ އެ ޖަމިއްޔާއެއް ނިސްބަތްވާ ރަށެއްގެ ކައުންސިލުން އެންޑޯސްކުރާ ޕްރޮގްރާމަކަށެވެ.
"މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލުން ޖަމިއްޔާތަކަށް އެހީދިނުމުގެ ގަވާއިދު" އާއި، އެހީ ހޯދުމަށް ހުށަހަޅާ ޕްރޮޕޯސަލްގައި ހިމަނަންޖެހޭ މަޢުލޫމާތާއި ލިޔެކިޔުންތައް އަދި ޕްރޮޕޯސަލް އިވެލުއޭޝަން ކްރައިޓީރިއާ މި އިއުލާނާއިއެކު ޝާއިޢު ކުރެވިފައިވާނެއެވެ.
04 ރަމަޟާން 1446
04 މާރޗް 2025