ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ބިޑު ހުށަހަޅަންޖެހޭ ތާރީޚު ބަދަލުވުން - ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ސައިކޮޓަރީގައި ކަބަޑު ސެޓު (މަތި އަދި ތިރިހިމެނޭގޮތަށް) ހަރުކުރުމާއި، ސްޓޮކް ރޫމު އަދި ސްޓޯރ ރޫމަށް ބޭނުންވާ ރެކުތައް ހަދާދޭނެ ފަރާތެއް ހޯދުން
                                އިޢުލާން
2025 މާރިޗު 2 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅިގެންދިއުމާއެކު، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ސައިކޮޓަރީގައި ކަބަޑު ސެޓު (މަތި އަދި ތިރިހިމެނޭގޮތަށް) ހަރުކުރުމާއި، ސްޓޮކް ރޫމު އަދި ސްޓޯރ ރޫމަށް ބޭނުންވާ ރެކުތައް ހަދާދޭނެ ފަރާތެއް ހޯދުމަށް މި އޮތޯރިޓީން ޝާއިއުކުރި ނަންބަރު IUL)450-CA/450/2025/12) (24 ފެބުރުވަރީ 2025) އިޢުލާނުގެ ދަށުން، މަޢުލޫމާތު ސެޝަންގެ ތާރީޚާއި، ބިޑު ހުށަހަޅުއްވަންޖެހޭ ތާރީޚު، ތިރީގައިވާ ގޮތަށް ބަދަލުކުރެވިފައިވާ ވާހަކަ އާންމުކޮށް އިޢުލާނު ކުރީމެވެ.
މަޢުލޫމާތު ސެޝަން އަދި މިންތައް ނެންގެވުން
- މަޢުލޫމާތު ސެޝަނުގައި ބައިވެރިވެ، މި މަސައްކަތްތަކަށް ބޭނުންވާ މިންތައް ނެންގުވުމަށް 2025 މާރިޗު 6 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މި އޮތޯރިޓީ (4 ވަނަ ފަންގިފިލާ، ގ. މާގަހާ، ބުރުޒު މަގު، މާލެ) އަށް ވަޑައިގެން ދެއްވުން އެދެމެވެ.
 - މިން ނެންގެވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑުގައި ބައިވެރިއެއް ނުވެވޭނެއެވެ. ނަމަވެސް ބާޠިލުކުރެވުނު އިޢުލާން ނަންބަރު IUL)450-CA/450/2025/8) ގެ ބިޑާއި ގުޅިގެން މިން ނެންގެވި ފަރާތްތައް މި އިޢުލާނާއި ގުޅިގެން މިން ނެންގެވުމަށް އަލުން ދުރުވާކަށް ނުޖެހޭނެއެވެ.
 
އަންދާސީ ހިސާބު ހުށަހަޅުއްވުން
- · ތާރީޚު: 9 މާރިޗު 2025 (އާދީއްތަ)
 - · ގަޑި: މެންދުރު ކުރި 10:00 އަށް
 - · ތަން: ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (4 ވަނަ ފަންގިފިލާ، ގ. މާގަހާ، ބުރުޒު މަގު، މާލެ)
 - · އިތުރު މަޢުލޫމާތު:
 - ގަޑިއަށް ހާޒިރު ނުވާ ފަރާތްތައް ބިޑުގައި ބައިވެރި ނުކުރެވޭނެއެވެ.
 - އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ އެންމެހާ ބޭފުޅުންގެ ކުރިމަތީގައި ސިޓީއުރަ ކަނޑައި، ހުށަހަޅާފައިވާ އަގުތައް ޙިއްޞާކުރެވޭނެއެވެ.
 
             04 މާރިޗު 2025
            
        
                    ހޯދާ  
                
                