މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
5 ރަށެއްގައި އައިސް ޕްލާންޓް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތް (ހދ. ކުޅުދުއްފުށި، ށ. ކޮމަންޑޫ، އއ. ރަސްދޫ، ހއ. ދިއްދޫ އަދި ގދ. ރަތަފަންދޫ)

ބީލަން ހުށަހެޅުމުގެ ދަޢުވަތު  

(ޕްރޮޖެކްޓް ނަންބަރު: TES/2024/G-007)

 

01. ދިވެހިރާއްޖޭގެ މަސްވެރިކަމާބެހޭ ސިނާއަތު ތަރައްޤީކުރުމަށްޓަކައި ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުގެ ފަރާތުން ދިވެހި ސަރުކާރަށް ފައިސާ ހަމަޖައްސަވާފައިވާތީ، 5 ރަށެއްގައި އައިސް ޕްލާންޓް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތަށް (ހދ. ކުޅުދުއްފުށި، ށ. ކޮމަންޑޫ، އއ. ރަސްދޫ، ހއ. ދިއްދޫ އަދި ގދ. ރަތަފަންދޫ) މިފައިސާގެ ބައެއް ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

02. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ އެދިލެއްވުމުގެ މަތިން، 5 ރަށެއްގައި އައިސް ޕްލާންޓް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތް (ހދ. ކުޅުދުއްފުށި، ށ. ކޮމަންޑޫ، އއ. ރަސްދޫ، ހއ. ދިއްދޫ އަދި ގދ. ރަތަފަންދޫ) ކޮށްދޭނެ ފަރާތެއް ހޯދުމަށް މިމިނިސްޓްރީން ކުރި ނަންބަރު (IUL)13-K/13/2024/263 (24 އޮކްޓޫބަރު 2024) އިޢުލާނުގައިވާ ސްކޯޕަށް ބަދަލު ގެނެސް ތިރީގައިވާގޮތަށް އިސްލާޙުކޮށްފީމެވެ. ވީމާ، މިމަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުސަތު، މިކަމަށް ޝަރުތުހަމަވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.

03. މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް ގެ 'ގައިޑްލައިން ފޯ ޕްރޮކިއުމަންޓް އޮފް ގުޑްސް އެންޑް ކޮންޓްރެކްޓިންގ ފޯ ދަ އެގްސެކިއުޝަން އޮފް ވޯކްސް' އާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑިންގ ޑޮކިއުމަންޓްގައި ބަޔާންކުރެވިފައިވާނެއެވެ.

04. މި ބީލަން ކުރިއަށްގެންދާނީ ތިރީގައިވާ ބަޔާންކޮށްފައިވާ ޤަވާއިދާއި އުސޫލުތަކާއި އެއްގޮތަށެވެ.

  • މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޑެވެލޮޕްމަންޓް އެންޑް ޓްރޭޑް " ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ"

05. މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފާޠިމަތު ރިޝްފާ އަޙްމަދު،

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، 203792، ދިވެހިރާއްޖެ،

ފޯން  : (+960) 3349115، (+960) 3349106،(+960) 3349147

އީމެއިލް : [email protected]

ކޮޕީ  : [email protected]

06. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި 1,500/- (އެއްހާސް ފަސްސަތޭކަ) ރުފިޔާ ނުވަތަ 100 (ސަތޭކަ) ޔޫ.އެސް. ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ.  ފައިސާ ބަލައިގަންނާނީ 22  އޮގަސްޓު 2024 އިން 11 މާރިޗު 2025އަށް،ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް(ރަމަޟާން މަހު: 09:30 އިން 13:00)، މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv)  މެދުވެރި ކޮށެވެ. އިލެކްޓްރޯނިކް ޒަރީއާއިން ރެޖިސްޓްރޭޝަން ފީ ދައްކަވަން ބޭނުންފުޅުވާނަމަ ޖަމާ ކުރައްވަންޖެހޭ ބޭންކް އެކައުންޓުގެ މަޢުލޫމާތު މަތީގައިވާ އީމެއިލް އެޑްރެހަށް ރިކުއެސްޓް ކުރުމުން ޙިއްސާ ކުރެވޭނެއެވެ. އަދިފައިސާ ދެއްކެވުމަށްފަހު އަންނަނިވި މަޢުލޫމާތު މި އިޢުލާނުގެ 4ވަނަ ނަންބަރުގައިވާ އެޑްރެހަށް ހުށަހެޅުމުން ނުވަތަ އީމެއިލް ކުރެއްވުމުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ.

  • ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް
  • ބީލަމާއި ގުޅޭގޮތުން މުޢާމަލާތު ކުރާނެ ފަރާތުގެ ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯނު ނަންބަރު
  • ފައިސާ ދެއްކި ކަމުގެ ރަސީދު ނުވަތަ ޓްރާންސެކްޝަން ސްލިޕްގެ ކޮޕީ

07. މި ޕްރޮޖެކްޓުގެ ބިޑިންގ ޑޮކިއުމަންޓް ސޮފްޓްކޮޕީ ފޯރމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް  www.finance.gov.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ޕްރޮޖެކްޓާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ވެބްސައިޓުން ލިބެން ހުރިކަން ޔަޤީންކުރުމާއި، އެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

08. ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 10 ސެޕްޓެންބަރު 2024 ވާއަންގާރަ ދުވަހުގެ 13:00 ގައި މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށެވެ. އަދި އެކަމާ ގުޅޭ މައުލޫމާތު ބިޑިންގ ޑޮކިއުމެންޓުގައި ބަޔާންކޮށްފައިވާނެއެވެ.

09. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 12 ސެޕްޓެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

10. މިޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 250,000.00/-ރ (ދެ ލައްކަ ފަންސާސް ހާސް ރުފިޔާ)ނުވަތަ އެ އަދަދާ އެއްވަރުގެ ޔޫއެސް ޑޮލަރު ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

11. ބީލަން ހުޅުވުން އޮންނާނީ 13 މާރިޗު 2025ވާ ބުރާސްފަތި ދުވަހުގެ 11:00:00ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

04 މާރިޗު 2025
ހޯދާ