ދިވެހިރާއްޖެ
ނަންބަރ: (IUL)241-A/241/2025/2
ޢިޢުލާން
ގއ.އަތޮޅު ގައި ޕާސްޕޯޓް ޚިދްމަތް ފެއްޓެވުމަށް ބޭނުންވާ އޮފީސް ބައި މަރާމާތް ކޮށްދޭނެ ފަރާތެއް ހޯދުން
މި އިދާރާގެ ލައިސަންސް މަސައްކަތް މިހާރު ކުރަމުންދާ ބައިގައި ޕާސްޕޯޓުގެ ޚިދުމަތް ދިނުމަށް އެތަން މަރާމާތު ކުރުމަށް ބޭނުން ވާތީ މަރާމާތުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ވީމާ، އަމިއްލަތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތިން ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކޮށް ކަނޑައެޅިފައިވާ ތާރީޚުގައި ބިޑް ހުށަހެޅުއްވުން އެދެމެވެ.
|
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
1 |
ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރަންޖެހޭ އެންމެ ފަހުގެ ތާރީޚް |
09 މާރިޗު 2025 |
އާދީއްތަ |
10:00 |
2 |
ބިޑް ހުށަހަޅާ ތާރީޚް |
2025 16 މާރިޗު |
އާދީއްތަ |
11:00 |
ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރެއްވުމަށް މިދަންނަވާ މައުލޫމާތާއި އެކު މިކައުންސިލްގެ [email protected] މެއިލް އެޑްރޭހަށް ފޮނުއްވުން އެދެމެވެ.
1- ބިޑް ހުށަހަޅާ ފަރާތުގެ ނަން (އަމިއްލަ ފަރުދެއްނަމަ އައިޑެންޓިޓީ ކާރޑްގައި ވާ ގޮތަށް އަދި ކުންފުންޏަކުން ބިޑް ހުށަހަޅާ ނަމަ ކުންފުނީގެ ރަޖިސްޓްރީގައި ވާ ގޮތަށް )
2- ކުންފުންޏަކުން ނުވަތަ އަމިއްލަ ފަރުދުންގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރި ތަކުން ހުށަހަޅާނަމަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ
3- ބިޑް ހުށަހަޅާ ފަރާތުގެ އައިޑެންޓިޓީ ކާރޑުގެ ކޮޕީ
4- ބިޑް ހުށަހަޅާ ފަރާތުގެ މޮބައިލް ނަންބަރާއި ، އީމެއިލް އެޑްރެސް
މި ބީލަން ހުޅުވާލެވިފައިމިވަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އަދި މި ބީލަމުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
ބިޑުތައް ހުންނަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚް އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަންލިޔެފައި އޮންނަންވާނެއެވެ. ވެރިފަރާތް ނޫން އެހެންފަރާތަކުން ބިޑް ހުށަހަޅުއްވަން ވަޑައިގަންނަވާނަމަ ބިޑް ހުށަހެޅުމުގެ 01 ގަޑިއިރު ކުރިން ސިޓީ އަކުން މިއިދާރާއަށް އެކަން އަންގަންވައިދެއްވުން އެދެމެވެ. އަދި ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ އެއް އަންދާސީ ހިސާބެވެ.
މި ޢިޢުލާނާއި އެކު މަޢުލޫމާތު ޝީޓް އެޓޭޖް ކުރެވިފައިވާ ވާހަކަ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.
03 ރަމަޟާން 1446 ހ.
03 މާރިޗު 2025 މ.