ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މި އޮފީހުގެ ހުސްވެފައިވާ މިދަންނަވާ މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި އޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުގުވެރިކަންހުރި، ގާބިލު މީހުންނެވެ.

1. މަގާމުގެ ނަން:

ޑެޕިއުޓީ ޑިރެކްޓަރ، ގަވަރނަންސް ޕޮލިސީ އެންޑް ރިސަރޗް

ރޭންކް:

އެމް.އެސް. 4

އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:

ޕޮލިސީ އެންޑް މެނިފެސްޓޯ އޮފީސް

ބޭނުންވާއަދަދު:

1 (އެކެއް)

އަސާސީމުސާރަ:

7,875.00 ރުފިޔާ

ސަރވިސްއެލަވަންސް:

2,000.00 ރުފިޔާ

އެކްސްކްލޫސިވްޖޮބްއެލަވަންސް:

3,543.75 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގއެލަވަންސް:

2,500.00 ރުފިޔާ

މަގާމުގެ ޝަރުތު:

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕްލޮމާ) ނުވަތަ ލެވެލް 6 (ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ/ ފައުންޑޭޝަން ޑިގްރީ) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 9 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ބެޗްލަރސް ޑިގްރީ/ ޕްރޮފެޝަނަލް ސެޓްފިކެޓް/ ޕްރޮފެޝަނަލް ޑިޕްލޮމާ) ނުވަތަ ލެވެލް 8 (ގްރެޖުއޭޓް/ ޕޯސްޓްގްރެޖުއޭޓް ސެޓްފިކެޓް/ ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ބެޗްލަރސް ޑިގްރީ ވިތް އޮނަރސް) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 (މާސްޓަރސް ޑިގްރީ/ އެޑްވާންސްޑް ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޕްރޮފެޝަނަލް ޑިޕްލޮމާ) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަގާމުގެ މައިގަނޑު

މަސްއޫލިއްޔަތުތައް:

- ގަވަރނަންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާއި ގުޅުންހުރި ސިޔާސަތުތަކާއި އުސޫލުތައް އެކުލަވައިލުމުގެ މަސައްކަތްތައް ރާވައި ހިންގުން.

- ގަވަރނަންސް އެންޑް ނޭޝަނަލް ސެކިއުރިޓީއާ ގުޅުންހުރި ދާއިރާތަކަށް ސަރުކާރުން އެކަށައަޅާ އައު ސިޔާސަތުތަކާއި އަދި ތަންފީޛުކުރަމުންދާ ސިޔާސަތުތައް ސަރުކާރުގެ މެނިފެސްޓޯގެ މަޤުޞަދުތައް ހާސިލުވާނޭގޮތަށް ހިންގުމަށް ބޭނުންވާ ދިރާސާތައް ކުރުން.

- މިހާރުން މިހާރަށް ޤައުމުގައި ހިނގާ އަދި ސަރުކާރުގެ ތެރެއިން ކުރިއަށް ގެންދަން ރާވައިފައިވާ މުހިންމު ކަންކަމާ ގުޅިގެން އަވަސް ހައްލެއް ހޯދުމަށް އަންނަ މައްސަލަތަކާގުޅޭ މަސައްކަތްތައް ކުރުން.

- ރެޕިޑް އެކްޝަންގެގޮތުގައި ކަނޑައެޅޭ ކަންކަމާ ގުޅިގެން އެކުލަވައިލެވޭ ކޮމިޓީ/ ބޯޑުތަކުގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން.

2. މަގާމުގެ ނަން:

ޑެޕިއުޓީ ޑިރެކްޓަރ، ކޮމިއުނިކޭޝަންސް

ރޭންކް:

އެމް.އެސް. 4

އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:

ކޮމިއުނިކޭޝަންސް އޮފީސް

ބޭނުންވާ އަދަދު:

1 (އެކެއް)

އަސާސީ މުސާރަ:

7,875.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

އެކްސްކްލޫސިވް ޖޮބް އެލަވަންސް:

3,543.75 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގ އެލަވަންސް:

2,500.00 ރުފިޔާ

މަގާމުގެ ޝަރުތު:

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕްލޮމާ) ނުވަތަ ލެވެލް 6 (ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ/ ފައުންޑޭޝަން ޑިގްރީ) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 9 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ބެޗްލަރސް ޑިގްރީ/ ޕްރޮފެޝަނަލް ސެޓްފިކެޓް/ ޕްރޮފެޝަނަލް ޑިޕްލޮމާ) ނުވަތަ ލެވެލް 8 (ގްރެޖުއޭޓް/ ޕޯސްޓްގްރެޖުއޭޓް ސެޓްފިކެޓް/ ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ބެޗްލަރސް ޑިގްރީ ވިތް އޮނަރސް) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 (މާސްޓަރސް ޑިގްރީ/ އެޑްވާންސްޑް ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޕްރޮފެޝަނަލް ޑިޕްލޮމާ) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަގާމުގެ މައިގަނޑު  މަސްއޫލިއްޔަތުތައް:

- ސަރުކާރުގެ މައުލޫމާތު ހާމަކުރުމުގެ ސިޔާސަތުގެ ދަށުން އޮފީހުން ތައްޔާރުކުރަންޖެހޭ ދިވެހި ޚަބަރުތަކާއި، އިނގިރޭސި ޚަބަރުތައް ތައްޔާރުކޮށް، އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކުރުމާއި، ސޯޝަލް މީޑިއާގެ ތަފާތު ޕްލެޓްފޯމުތަކުގައި ހިއްސާކުރުން.

- ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނިއުސް ބުލެޓިން އަށް ބޭނުންވާ މައުލޫމާތު ތައްޔާރުކުރުން.

- ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މަސައްކަތްތަކާއި ގުޅިގެން ވެބްސައިޓަށް ލާންޖެހޭ މައުލޫމާތު އަދާހަމަކޮށް، ބަލަހައްޓަމުން ގެންދިއުން.

- ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސޯޝަލް މީޑިއާގެ ތަފާތު ޕްލެޓްފޯމުތަކުގައި ހިއްސާކުރާ ކުރު ވީޑިއޯތަކަށް ސްކްރިޕްޓް ތައްޔާރުކުރުން.

- ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވާ އިވެންޓުތަކުގެ ލައިވް ސްޓްރީމިންގ އަށް ބޭނުންވާ ލިޔުން ތައްޔާރުކުރުން.

- ކޮމިއުނިކޭޝަންސް އޮފީހުގެ ނިއުސް ޓީމްގެ ރިޕޯޓު ތައްޔާރުކުރުން.

- ކޮމިއުނިކޭޝަންސް އޮފީހުގެ ތަފާތު ޔުނިޓުތަކުގެ މަސައްކަތްތަކުގައި އިދާރީގޮތުންނާއި ފަންނީގޮތުން އެހީތެރިވެދިނުން.

3. މަގާމުގެ ނަން:

އެސިސްޓެންޓް ޑިރެކްޓަރ، ކޮމިއުނިކޭޝަންސް

ރޭންކް:

އެމް.އެސް. 3

އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:

ކޮމިއުނިކޭޝަންސް އޮފީސް

ބޭނުންވާ އަދަދު:

1 (އެކެއް)

އަސާސީ މުސާރަ:

7,035.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

އެކްސްކްލޫސިވް ޖޮބް އެލަވަންސް:

3,165.75 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގ އެލަވަންސް:

2,500.00 ރުފިޔާ

މަގާމުގެ ޝަރުތު:

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕްލޮމާ) ނުވަތަ ލެވެލް 6 (ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ/ ފައުންޑޭޝަން ޑިގްރީ) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ބެޗްލަރސް ޑިގްރީ/ ޕްރޮފެޝަނަލް ސެޓްފިކެޓް/ ޕްރޮފެޝަނަލް ޑިޕްލޮމާ) ނުވަތަ ލެވެލް 8 (ގްރެޖުއޭޓް/ ޕޯސްޓްގްރެޖުއޭޓް ސެޓްފިކެޓް/ ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ބެޗްލަރސް ޑިގްރީ ވިތް އޮނަރސް) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 (މާސްޓަރސް ޑިގްރީ/ އެޑްވާންސްޑް ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޕްރޮފެޝަނަލް ޑިޕްލޮމާ) ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަގާމުގެ މައިގަނޑު  މަސްއޫލިއްޔަތުތައް:

- ސަރުކާރުގެ މައުލޫމާތު ހާމަކުރުމުގެ ސިޔާސަތުގެ ދަށުން އޮފީހުން ތައްޔާރުކުރަންޖެހޭ ދިވެހި ޚަބަރުތަކާއި، އިނގިރޭސި ޚަބަތުތައް ތައްޔާރުކުރުގައި އެހީތެރިވެދިނުން.

- ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައިވާ މައުލޫމާތު އަދާހަމަކޮށް، އޮފީހުން ޝާއިޢުކުރަންޖެހޭ ޚަބަރުތައް ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި ހިއްސާކުރެވިފައިވާކަން ޔަޤީންކުރުން.

ހުށަހަޅަންޖެހޭ ތަކެތި:

ހ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު".

ށ. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.

ނ. ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުތަކުގެ ކޮޕީ ("އޯ" ލެވެލް، "އޭ" ލެވެލް، އެސް.އެސް.އީ، އެޗް.އެސް.އެސް.ސީ، އެފް.ސީ.އީ، ސީ.އޭ.އީ، ސީ.ޕީ.އީ، ޑިގްރީ، މާސްޓަރސް، އެކިއެކި ޓްރޭނިންގ ކޯސްތަކުގެ ސެޓުފިކެޓުތައް). މީގެތެރެއިން     "އޯ" ލެވެލް އަދި "އޭ" ލެވެލް ސެޓްފިކެޓު ފިޔަވައި ހުރިހާ ސެޓްފިކެޓުތައް އެކްރެޑިޓްކޮށްފައި ހުށަހެޅުއްވުން އެދެމެވެ.

ރ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ބ. ލިބިފައިވާ ސަނަދުތަކުގެ ފޮޓޯކޮޕީ.

ޅ. ސްކޫލް ލީވިންގ ސެޓްފިކެޓުގެ ފޮޓޯކޮޕީ.

އިތުރު މައުލޫމާތު:

މި މަގާމުތަކަށް ޝަރުތު ހަމަވާ މީހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު ފުރިހަމަކުރެއްވުމަށްފަހު، އެ ފޯމާއެކު މަތީގައި ބަޔާންކޮށްފައިވާ ހުށަހަޅަންޖެހޭ ތަކެތި، 2025 މާރިޗު 9 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން، މި އޮފީހުގެ އީމޭލް [email protected] މެދުވެރިކޮށް ނުވަތަ މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. މި މަގާމުތަކަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުތު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ މީހުންނާއެވެ. އަދި، ޝޯޓުލިސްޓުކުރުމުގައި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތަޖުރިބާ ލިބިފައިވާ މިންވަރަށް ބަލައި، އެ މީހުންނަށް އިސްކަންދެވޭނެއެވެ.

އަދި ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން ސާފުކޮށް އެނގޭގޮތަށްޖެއްސެވުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި އޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ https://presidency.gov.mv/ އެވެ.

03 މާރިޗު 2025
ހޯދާ