ދިވެހިރާއްޖެ
1446 ވަނަ އަހަރުގެ ފިޠުރުޒަކާތް އޮންލައިންކޮށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 01 ރަމަޟާން 1446 ވަނަ ދުވަހުން ފެށިގެން 27 ރަމަޟާން 1446 ވަނަ ދުވަހުގެ ހެނދުނު 06:00 އާ ހަމައަށް ތިރީގައި ބަޔާންކޮށްފައިވާ މުއައްސަސާތައް މެދުވެރިކޮށެވެ. ޕޯޓަލްތަކުގެ ލިންކާއި ކިޔު.އާރް.ކޯޑްތައް މި އިއުލާންއާއެކު އެއްހީރަސް ކުރެވިފައިވާނެއެވެ.
| 
 #  | 
 އިދާރާ/ މުއައްސަސާ  | 
 ސުންގަޑިތައް  | 
| 
 1  | 
 ދިވެހިރާއްޖޭގެ ގުޅުން (ދިރާގު)  | 
 27 ރަމަޟާން 1446 ވަނަ ދުވަހުގެ ހެނދުނު 06:00  | 
| 
 2  | 
 އުރީދޫ  | 
 27 ރަމަޟާން 1446 ވަނަ ދުވަހުގެ ހެނދުނު 06:00  | 
| 
 3  | 
 މޯލްޑީވްސް އިސްލާމިކް ބޭންކް  | 
 27 ރަމަޟާން 1446 ވަނަ ދުވަހުގެ ހެނދުނު 06:00  | 
| 
 4  | 
 ބޭންކް އޮފް މޯލްޑިވްސް  | 
 27 ރަމަޟާން 1446 ވަނަ ދުވަހުގެ ހެނދުނު 06:00  | 
| 
 5  | 
 ފަހިޕޭ  | 
 ރަމަޟާންމަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00  | 
| 
 6  | 
 މިނިސްޓްރީ އޮފް ފިނޭންސް  | 
 ރަމަޟާންމަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00  | 
ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހުގެ 18:00 އާއި ހަމައަށް ފިޠުރުޒަކާތް ދެއްކޭނެއެވެ. އަދި މީގެ އިތުރުން އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއި، އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ރަސްމީގަޑީގައި ކައުންސިލް އިދާރާ އިން ޒަކާތް ދެއްކުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމްތައްވަނީ ހަމަޖެހިފައެވެ. އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު ފިޠުރުޒަކާތް ބެހުމުގެ ހުރިހާކަމެއް ހަމަޖެހިފައިވަނީ ޒަކާތު ހައުސް އިން ކަމަށްވުމާއެކު މަތީގައި ދެންނެވިފައިވާ މުއައްސަސާތައް މެދުވެރިކޮށް ޒަކާތު ފައިސާ ދެއްކުމަށާއި އަދި ކައުންސިލްގެ އެއްވެސް އެކައުންޓަކަށް ޒަކާތު ފައިސާ ޖަމާނުކުރުމަށް ދަންނަވަމެވެ.އަދި ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައިވާތީ ކައުންސިލުން ޒަކާތް ދެއްކުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތުތައް ތިރީގައި މިދަންނަވަނީއެވެ.
| 
 #  | 
 ތާރީޚް  | 
 ދުވަސް  | 
 ގަޑި  | 
| 
 1  | 
 02 މާރިޗް 2025- 20 މާރިޗް 2025 އަށް  | 
 ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު  | 
 10:00ން 12:00 އަށް  | 
| 
 2  | 
 21 މާރިޗް 2025- 27 މާރިޗް 2025 އަށް  | 
 ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު  | 
 10:00 ން 11:00 އަށް  | 
ފިޠުރު ޒަކާތުގެ ގޮތުގައި ބޮލަކަށް ދައްކަންޖެހޭ ފައިސާގެ ޢަދަދު:
| 
 #  | 
 ބާވަތް  | 
 ފައިސާގެ އަދަދު  | 
| 
 1  | 
 އާދައިގެ ހަނޑޫ  | 
 12 ރުފިޔާ  | 
| 
 2  | 
 ތައިލެންޑް ހުދު ހަނޑޫ  | 
 62 ރުފިޔާ  | 
| 
 3  | 
 ރަތް ހަނޑޫ  | 
 86 ރުފިޔާ  | 
| 
 4  | 
 ބާސްމަތީ ހަނޑޫ ( އާދައިގެ)  | 
 74 ރުފިޔާ  | 
| 
 5  | 
 ބާސްމަތީ ހަނޑޫ (މޮޅު)  | 
 100 ރުފިޔާ  | 
| 
 6  | 
 ބާސްމަތީ ހަނޑޫ ( އެންމެ މޮޅު)  | 
 133 ރުފިޔާ  | 
| 
 7  | 
 އާދައިގެ ފުށް  | 
 10 ރުފިޔާ  | 
| 
 8  | 
 އާޓާ ފުށް  | 
 75 ރުފިޔާ  | 
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ
