ދިވެހިރާއްޖެ
1446 ވަނަ އަހަރުގެ ފިޠުރު ޒަކާތް މިއިދާރާއަށް، ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 03 ރަމަޟާން 1446 (03 މާރިޗް 2025) އިން ފެށިގެން 20 ރަމަޟާން 1446 (20 މާރިޗް 2025) ވަނަ ދުވަހުގެ ނިޔަލަށެވެ. ޒަކާތުގެ ފައިސާ ބަލައިގަންނާނީ ހެނދުނު 9:15 އިން މެންދުރު 12:00 އާ ހަމައަށެވެ.
ފިޠުރު ޒަކާތް ނެރޭނީ، ގޮވާމުގެ ބާވަތްތަކުގެ ގޮތުގައި މިއިދާރާއިން އާއްމުކުރާ ރޭޓުތަކުގެ އަގަށްވާ ފައިސާ އިންނެވެ. ފިޠުރު ޒަކާތުގެ ފައިސާ ބަލައިގަންނާނީ ހަމައެކަނި ނަގުދު ފައިސާއިން ކަމުގައި ދަންނަވަމެވެ.
އަދި ދަންނަވަމެވެ. ކައުންސިލްގެ އެކައުންޓަށް އޮންލައިންކޮށް ޖަމާކޮށްގެން ފިޠުރު ޒަކާތުގެ ފައިސާ ބަލައިގަތުމަށް މި އަހަރު ހަމަޖެހިފައިނުވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ތަފްޞީލް (އިސްލާމިކް މިނިސްޓްރީއިން ކަނޑައަޅާފައިވާ ރޭޓްތައް):
| 
 #  | 
 ބާވަތް  | 
 ރޭޓު (މީހަކަށް ދައްކަންޖެހޭ ވަރު)  | 
| 
 1  | 
 އާދައިގެ ހަނޑޫ  | 
 -/12 (ބާރަ ރުފިޔާ)  | 
| 
 2  | 
 ތައިލެންޑް ހުދު ހަނޑޫ  | 
 -/62 (ފަސްދޮޅަސް ދެ ރުފިޔާ)  | 
| 
 3  | 
 ރަތް ހަނޑޫ  | 
 -/86 (އަށްޑިހަ ހަ ރުފިޔާ)  | 
| 
 4  | 
 ބާސްމަތީ ހަނޑޫ (އާދައިގެ)  | 
 -/74 (ހަތްދިހަ ހަތަރު ރުފިޔާ)  | 
| 
 5  | 
 ބާސްމަތީ ހަނޑޫ (މޮޅު)  | 
 -/100 (ސަތޭކަ ރުފިޔާ)  | 
| 
 6  | 
 ބާސްމަތީ ހަނޑޫ (އެންމެ މޮޅު)  | 
 -/133 (ސަތޭކަ ތިރީސް ތިން ރުފިޔާ)  | 
| 
 7  | 
 އާދައިގެ ފުށް  | 
 -/10 (ދިހަ ރުފިޔާ)  | 
| 
 8  | 
 އާޓާ ފުށް  | 
 -/75 (ހަތްދިހަފަސް ރުފިޔާ)  | 
ޒަކާތް އޮންލައިންކޮށް ދައްކަން ބޭނުންފުޅުވާ ފަރާތްތަކުން، އެކަމަށް ޚާއްޞަކުރެވިފައިވާ އޮންލައިން ޕްލެޓްފޯމްތައް ( ބީ.އެމް.އެލް، އެމް.އައި.ބީ، ދިރާގު، އުރީދޫ، ފަހިޕޭ އަދި ބަނޑޭރި ޕޭ) މެދުވެރިކޮށް ފައިސާ ދެއްކެވުން އެދެމެވެ.
