މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރަމަޟާން މަހުގައި ކައްކާ ގޭސް ދޫކުރުމާއިގުޅޭ
އިޢުލާން
ރަމަޟާން މަހުގައި ކައްކާ ގޭސް ދޫކުރުމާއިގުޅޭ:
1446 ވަނަ އަހަރު ރަމަޟާން މަހުގެ 01 ވަނަ ދުވަހުން ފެށިގެން ޝައްވާލް މަހުގެ 07 ވަނަ ދުވަހުގެ ނިޔަލަށް މިކައުންސިލްގެ ފަރާތުން ކައްކާގޭސް ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިތައް ތިރީގައިއެވަނީއެވެ.
- ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 11:00 އިން ހަވީރު 17:30 އަށް. އަދި ރޭގަނޑު 21:00 އިން 22:00 އަށް.
- ހުކުރު ދުވަސްތަކުގައި މެންދުރުފަހު 14:00 އިން ހަވީރު 17:30 އަށް.
މިނޫންގަޑިތަކުގައި މިކައުންސިލުން ކައްކާގޭސް ދޫކުރުމަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ.
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.
28 ފެބުރުވަރީ 2025
ހޯދާ