ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާއަށް 3 މަހަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް:

އިޢުލާން

ތިނަދޫ ސިޓީކައުންސިލްގެ އިދާރާއަށް 3 މަހަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް:

ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާއަށް 3 މަހަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

       ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 10 މާރިޗް 2025 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ މެއިލް  [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި އިޢުލާނާއި އެކު ރެޖިސްޓްރޭޝަން ފޯރމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

                 އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 20 މާރިޗް 2025 ވާ  ބުރާސްފަތި ދުވަހު ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

ތާރީޚް

ގަޑި

ތަން

ރެޖިސްޓްރޭޝަން މުއްދަތު

27 ފެބްރުވަރީ 2025 އިން 10 މާރިޗު 2025

10 މާރިޗު 2025 ގެ 13:00 ގެ ކުރިން

ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާއަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް

ބީލަން ހުށަހެޅުން

ތާރީޚް

ގަޑި

ދުވަސް

ތަން

ތިނަދޫ ސިޓީ އިދާރާގެ އިލެކްޓިކް ޓީމަށް ބޭނުންވާ ސާމާނު ސަޕްލައި ކުރުން

20 މާރިޗް 2025

09:30

ބުރާސްފަތި

ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް

ތިނަދޫ ސިޓީ މިސްކިތްތަކަށް ފޮޅާ ސާފުކުރުމަށް ބޭނުނަވާ ސާމާނު ސަޕްލައިކުރުން

20 މާރިޗް 2025

10:15

ބުރާސްފަތި

ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް

ތިނަދޫ ސިޓީ ކައުންސިލް އިދާރާއަށް ބޭނުންވާ ސްޓޭޝަނަރީ ސަޕްލައިކުރުން

20 މާރިޗް 2025

10:45

ބުރާސްފަތި

ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް

ތިނަދޫ ސިޓީ ކައުންސިލް އިދާރާއަށް ބޭނުންވާ ޕްރިންޓަރ ޓޯނަރ

20 މާރިޗް 2025

11:30

ބުރާސްފަތި

ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް


                          27 ޝަޢުބާން 1446

27 ފެބުރުވަރީ 2025
ހޯދާ