ދިވެހިރާއްޖެ
1446 ވަނަ އަހަރުގެ ރަމަޟާން މަހު ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 02 ރަމަޟާން 1446 ( 02 މާރޗް 2025 ) ވާ އާދީއްތަ ދުވަހުން ފެށިގެން 27 ރަމަޟާން 1446 ( 27 މާރޗް 2025 ) ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށެވެ.
ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށްވާތީ ކައުންސިލް އިދާރާގެ ތިރީގައި މިދަންނަވާ ބޭންކް އެކައުންޓަށް ޒަކާތު ފައިސާ ޓްރާންސްފަރ ކުރެއްވުމަށްފަހު ޓްރާންސްފަރ ސްލިޕް ވައިބަރކުރެއްވުމަށް ދަންނަވަމެވެ. ފައިސާ ޓްރާންސްފަރ ކުރައްވާއިރު ރިމާކްސްގައި ފައިސާ ދައްކާ ގޭގެ ނަމާއި، ޒަކާތު ދައްކާ މީހުންގެ ޢަދަދު އަދި ބާވަތް ޖެއްސެވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
އެކައުންޓުގެ ނަން |
އެކައުންޓް ނަމްބަރ |
ވައިބަރ ނަމްބަރ |
1461 ޚަރަދު އެކައުންޓް 2 |
7712-700392-004 |
9718259 |
ޒަކާތް ނެރުއްވާނީ އެބަޔަކު އެއަހަރު ތެރޭގައި ޢާންމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތްތަކަށް ބަލައިގެންނެވެ. އެގޮތުން ޒަކާތް ދެއްކުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްޞީލް ތިރީގައި އެވަނީއެވެ.
# |
ބާވަތް |
ފައިސާގެ އަދަދު |
1 |
އާދައިގެ ހަނޑޫ |
12/- |
2 |
ތައިލެންޑް ހުދު ހަނޑޫ |
62/- |
3 |
ރަތް ހަނޑޫ |
86/- |
4 |
ބާސްމަތީ ހަނޑޫ ( އާދައިގެ ) |
74/- |
5 |
ބާސްމަތީ ހަނޑޫ ( މޮޅު ) |
100/- |
6 |
ބާސްމަތީ ހަނޑޫ ( މޮޅު ) |
133/- |
7 |
އާދައިގެ ފުށް |
10/- |
8 |
އާޓާ ފުށް |
75/- |
މިހެންވެ މިކަން އާއްމުކޮށް އެންގުމަށް ޢިއުލާންކުރީމެވެ.