ދިވެހިރާއްޖެ
މި އިޢުލާންވަނީ 14 އެޕްރީލް 2025 08:15 ގައި ބާތިލް ކުރެވިފައެވެ.
ގދ.މަޑަވެލި ޞިއްޙީމަރުކަޒުގެ ޖެނެރަލް ވާރޑް، ޖެނެރަލް ވާރޑްގެ ނާރސަސް ސްޓޭޝަން، ޕްރައިވެޓް ރޫމް، އަދި ލޭބަރ ރޫމުގެ ބޮޑު ދޮރާއި، ދޮރުފަތް އަމިއްލަ ތަކެތީގައި ބަދަލުކުރުމުގެ މަސައްކަތުގެ ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތަށް 2025 ފެބުރުވަރީ 12 ވަނަ ދުވަހުގައި ހުޅުވާލެވުނު ޢިޢުލާނު (ނަންބަރުQ1-MHC/IUL/2025/02:) ގެ މަޢުލޫމާތު ކަރުދާހުގައި ބައެއްމަޢުލޫމާތު ހިމެނިފައިނުވާތީވެ، އެޢިޢުލާން ބާޠިލުކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 މާރިޗް 05 ވާ ބުދަ ދުވަހުގެ 13:00 އަށް މިމަރުކަޒުގެ އޮފީހަށް ކޯޓޭޝަން ހުށައެޅުއްވުންއެދެމެވެ. ކޯޓޭޝަންގައި މިމަސައްކަތް ކޮށްދެވޭނެ އަގާއި، މަސައްކަތް ނިންމޭނެ މުއްދަތު ހިމަނަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށައަޅުއްވާ ކޯޓޭޝަންތަކާއި، މައުލޫމާތު ފުރިހަމަނުވާ ކޯޓޭޝަންތައް ބަލައި ނުގަނެވޭނެއެވެ. މަސައްކަތަށް ބޭނުންވާ މަޢުލޫމާތު ޝީޓް މިޢިއުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.