މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް
ދިވެހިރާއްޖެ
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ އިމާރާތްކުރަމުންދާ އައު މީޓީންގ ރޫމް އަދި ސްޓާފް ކެބިންތައް ނިންމުމަށް ބޭނުންވާ ސާމާނު ހޯދުމަށް

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ  ވުޒާރާގެ އިމާރާތްކުރަމުންދާ އައު މީޓީންގ ރޫމް އަދި ސްޓާފް ކެބިންތައް ނިންމުމަށް ބޭނުންވާ ސާމާނު ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތުގެ "މައުލޫމާތު ޝީޓު" މި އިޢުލާނާއިއެކު ޑައުންލޯޑް ކުރެވޭ ގޮތަށް އެއްކަރުދާސް ކޮށްފައި ހުންނާނެއެވެ.

ބީލަމާއި ގުޅޭ މަޢުލޫމާތު ސެޝަން 03 މާރިޗު 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ ޕަބްލިކް ވާރކްސް ޑީޕާޓްމަންޓްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 05 މާރިޗު 2025 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެކުރިން[email protected]އަށް އީމެއިލްކޮށްދެއްވުން އެދެމެވެ.

 

ބީލަން ހުށަހަޅާނީ 06 މާރިޗު 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ ޕަބްލިކް ވާރކްސް ޑީޕާޓްމަންޓްއަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަން ހުޅުވުމަށްހަމަޖެހިފައިވަނީ 06 މާރިޗު 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ ޕަބްލިކް ވާރކްސް ޑީޕާޓްމަންޓްގައި، މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

 

                               27  ޝައުބާން  1446 ހ.

                               26 ފެބްރުވަރީ  2025 މ.

26 ފެބުރުވަރީ 2025
ހޯދާ