ދިވެހިރާއްޖެ
ހދ. ކުމުންދޫއިން ދިގުމުއްދަތައް ދަނޑުވެރިކަންކުރުމަށް 100،000 (އެއް ލައްކަ) އަކަފޫޓުގެ 2 (ދެއެއް) ބިން 30 (ތިރީސް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާތީ އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ބިން ކުއްޔަށް ދޫކުރުމަށް ޕްރޮޕޯސަލް ހުށަހަޅާ ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ ކުއްޔަށް ނެގުމަށް ބޭނުންވާ ބިމަކަށް ވަކި ޕްރޮޕޯސަލް ފޮތެއްގެ ގޮތުގައެވެ. އެގޮތުން ޕްރޮޕޯސަލް ހުށަހަޅާ ފޯމެއްގެ އަގަކީ -/500 (ފައްސަތޭކަ) ރުފިޔާއެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ ޕްރޮޕޯސަލަށް ރަޖިސްޓްރީކުރުމަށް ހުޅުވާލެވިފައިވާ މުއްދަތުގައި ޕްރޮޕޯސަލް ހުށަހަޅާ ފޯމު ގަނެފައިވާ ފަރާތްތަކަށް އެކަންޏެވެ. ޕްރޮޕޯސަލް ހުށަހަޅާ ފޯމު ގަތުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހަޅާ ފޯމު ގަތުމަށް ރަޖިސްޓްރީވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީވުން އެދެމެވެ.
ލިންކް : https://forms.office.com/r/c8YSpan4aM
ވީމާ، ޕްރޮޕޯސަލް ހުށަހަޅުއްވަން އެދޭ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅާ ފޯމާއި އެކު މި ޢިއުލާނާއެކު އެއްކަރުދާސްކުރެވިފައިވާ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް ޕްރޮޕޯސަލް ތައްޔާރުކުރުމަށްފަހު[email protected] އީމެއިލް މެދުވެރިކޮށް ނުވަތަ ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލަށް 18 މާރިޗް 2025 ގެ 11:00 ގެ ކުރިން ހުށަހެޅުމަށް ދަންނަވަމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.