ދިވެހިރާއްޖެ
ކޮނޑޭ ޕްރީ ސްކޫލަށް ދަރިވަރުން ވެއްދުމުގެ ފުރުޞަތު ހުޅުވާލުން:
2025 ވަނަ ދިރާސީ އަހަރަށް ކޮނޑޭ ޕްރީ ސްކޫލަށް ދަރިވަރުން ވެއްދުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މިގޮތުން ކޮނޑޭ ޕްރީ ސްކޫލަށް ދަރިވަރުން ވެއްދުމުގައި އުމުރުފުރާ ބަލާނެ ގޮތް ތިރިގައި މިވަނީ އެވެ.
ގްރޭޑް |
އުމުރުފުރާ |
ބޭބީ ނާސަރީ |
2024 ވަނަ އަހަރުގެ ޑިސެންބަރު 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރުން |
ނާސަރީ |
2024 ވަނަ އަހަރުގެ ޑިސެންބަރު 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރުން |
ވީމާ، މަތީގައި ދެންނެވިފައިވާ އުމުރުފުރާތަކަށް ފެތޭ ކުދިންގެ ތެރެއިން 2025 ވަނަ އަހަރު ކޮނޑޭ ޕްރީސްކޫލްގެ ބޭބީ ނާސަރީ އަދި ނަސަރި އަށް ވައްދަން ބޭނުންވާ ދަރިވަރުން އެޑްމިޝަން ފޯމް ފުރިހަމަ ކުރުމަށް ފަހު 13 މާރިޗް 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކައުންސިލް އިދާރާ އަށް ހުށަހެޅުއްވުން އެދެމެވެ.
އެޑްމިޝަން ފޯމް މި އިދާރާގެ ރިސެޕްޝަނާއި، ވެބްސައިޓް www.kondey.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
އިތުރު މަޢުލޫމާތު ސާފް ކުރެއްވުމަށް ރަސްމީ ގަޑީގައި 6821045 އަށް ނުރަސްމީ ގަޑީގައި ނަމަ 7230019 އަށް ގުޅުއްވުން އެދެން.
24 ފެބްރުއަރީ 2025