މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2025 ވަނަ ދިރާސީ އަހަރު ކައުންސިލުން ހިންގަމުން އަންނަ ޑީ ޕްރީސްކޫލްގެ ނާސަރީ ކްލާހަށް ކުދިން ވެއްދުމާ ގުޅޭ

            2025 ވަނަ ދިރާސީ އަހަރު ކައުންސިލުން ހިންގަމުން އަންނަ ޑީ ޕްރީސްކޫލްގެ ނާސަރީ ކްލާހަށް ކުދިން ވެއްދުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަމެވެ. ޕްރީ ސްކޫލަށް ކުދިން ވެއްދުމުގައި އުމުރުފުރާ ބަލާނީ ތިރީގައި މިދަންނަވާ ގޮތުގެ މަތިން ކަމުގައި ދަންނަވަމެވެ.

ގްރޭޑް

2025 ވަނަ އަހަރު ދަރިވަރުން ވައްދާ އުމުރުފުރާ

ނާސަރީ

2024 ޑިސެންބަރު 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ދަރިވަރުން

 

 

 

            ވީމާ، ޕްރީ ސްކޫލަށް ކުދިން ވެއްދުމަށް ބޭނުންފުޅުވާ ފަރާތްތަކުން "ޕްރީ ސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2025 ފެބުރުވަރީ 24 ވާ ހޯމަ ދުވަހުން ފެށިގެން 2025 މާރިޗު 04 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 ން 13:00 އަށް ދޮންފަނު ކައުންސިލްގެ އިދާރާއިންނެވެ. އަދި އީމެއިލް ކުރައްވާނީ [email protected]  އަށެވެ.

            މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ފެބުރުވަރީ 2025
ހޯދާ