ދިވެހިރާއްޖެ
ނޫމަރާ ޕްރީސްކޫލްގައި ތަޢުލީމް ހާޞިލުކުރުމަށް ފުރުޞަތު ހުޅުވާލުމާއި ގުޅޭ
2026-2025 ވަނަ ތަޢުލީމީ ދިރާސީ އަހަރު ނޫމަރާ ޕްރީސްކޫލް ނާސަރީ އަދި ބޭބީ ނާސަރީގައި ތަޢުލީމް ހާޞިލުކުރުމަށް އެދޭ ދަރިވަރުން ނޫމަރާ ޕްރީސްކޫލްގައި ރަޖިސްޓްރީކުރުމަށްއެދި ފުރުޞަތު ހުޅުވާލަމެވެ.
ނޫމަރާ ޕްރީސްކޫލްގައި ދަރިވަރުން ރަޖިސްޓްރީކުރުމަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 25 ފެބްރުވަރީ 2025 ން ފެށިގެން 10 މާރިޗް 2025 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 10:00 ން 12:00 ށް މިއިދާރާ އިންނެވެ. އަދި ފޯމް ބަލައިގަތުމަށްފަހު ދިރާސީ އަހަރަށް ބޭނުންވާ ތަކެތީގެ ލިސްޓް (ފޮތްލިސްޓް) ދޫކުރާނެ ވާހަކަ ބެލެނިވެރިންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ.
ބޭބީ ނާސަރީއާއި ނާސަރީއަށް ރަޖިސްޓްރީ ކުރުމުގައި އުމުރު ބެލުމަށް ހަމަޖެހިފައިވަނީ ނުވަތަ އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރާނީ 31 މާރިޗް 2025 ގެ ނިޔަލަށް ތިރީގައިވާ ތާވަލްގައިވާ ގޮތުގެ މަތިންނެވެ.
ގްރޭޑް |
2026-2025 ވަނަ އަހަރު ގްރޭޑަށް ވަދެވޭ އުމުރު ފުރާ |
ބޭބީ ނާރސަރީ |
2 އަހަރު ފުރި 3 އަހަރު ނުފުރޭކުދިން |
ނަރސަރީ |
3 އަހަރު ފުރި 4 އަހަރު ނުފުރޭކުދިން |
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.