ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަންބަރު: 7/2010 ގެ 107 ވަނަ މާއްދާގެ ދަށުން މިއަހަރުގެ ފެބްރުއަރީމަހު ބާއްވާ ރައްޔިތުންގެ ބައްދަލުވުން 27 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި އިޖްތިމާއި މަރުކަޒުގައި ބާއްވާގޮތަށްވަނީ ހަމަޖެހިފައެވެ.
މިބައްދަލުވުމުގައި އެޖެންޑާ :
- 2024 ވަނަ އަހަރުގެ ޚަރަކާތް ރިޕޯޓް ހުށަހެޅުން.
- 2025 ވަނަ އަހަރުގެ ބަޖެޓް ހިއްސާކުރުން.
- 2025 ވަނަ އަހަރު ވޯކު ޕްލޭން ހިއްސާކުރުން.
ވީމާ، މިބައްދަލުވުމުގައި ބައިވެރިވުމަށް ހދ.ކުމުންދޫގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތުއަރުވަމެވެ.
18 ފެބުރުވަރީ 2025
ހޯދާ