އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރުން
                                ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަންބަރު: 2010/7 ގެ 107 ވަނަ މާއްދާގެ ދަށުން މިއަހަރުގެ ފެބްރުއަރީމަހު ބާއްވާ ރައްޔިތުންގެ ބައްދަލުވުން 27 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:45 ގައި މިރަށު އިޖްތިމާއި މަރުކަޒުގައި ބާއްވާގޮތަށްވަނީ ހަމަޖެހިފައެވެ.
މިބައްދަލުވުމުގައި އެޖެންޑާ :
- 2024 ވަނަ އަހަރުގެ ހަރަކާތް ރިޕޯޓް ހުށަހެޅުން.
 - 2025 ވަނަ އަހަރުގެ ބަޖެޓް ހިއްސާކުރުން.
 - 2025 ވަނަ އަހަރު ވޯކް ޕްލޭން ހިއްސާކުރުން.
 
ވީމާ، މިބައްދަލުވުމުގައި ބައިވެރިވުމަށް އދ.ދަނގެތީގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
             20 ފެބުރުވަރީ 2025
            
        
                    ހޯދާ  
                
                