ދިވެހިރާއްޖެ
މިރަށު މަސްޖިދުލް ފުރުޤާންގެ އެތެރެއާއި، ބޭރު އަދި ވަށަފާރުގައި، މިއިދާރާއިންދޭމައުލޫމާތާއި އެއްގޮތަށް ކުލަލާދިނުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 20 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މިއިދާރާއަށް ކޯޓޭޝަން ހުށައެޅުއްވުންއެދެމެވެ. ކޯޓޭޝަންގައި މިމަސައްކަތް ކޮށްދެވޭނެ އަގާއި، މަސައްކަތް ނިންމޭނެ މުއްދަތު ހިމަނަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށައަޅުއްވާ ކޯޓޭޝަންތަކާއި، މައުލޫމާތު ފުރިހަމަނުވާ ކޯޓޭޝަންތައް ބަލައި ނުގަނެވޭނެއެވެ. މަސައްކަތަށް ބޭނުންވާނެ ކުލައާއި، ފިހި ކައުންސިލުން ފޯރުކޮށްދޭނެއެވެ.
މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް:
އަގަށް 80 ޕޮއިންޓް
މުއްދަތަށް 20 ޕޮއިންޓް
ހުށަހަޅަންޖެހޭ ލިޔުންތައް:
އަންދާސީ ހިސާބުފޯމު (އަމިއްލަ ފޯމެޓްގައި)
ވިޔަފާރި ރެޖިސްޓްރީގެ ކޮޕީ
އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާނަމަ 7798119 އާއި ގުޅުންވުންއެދެމެވެ.