ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.އަތޮޅުަކައުންސިލް2025ވަނައަހަރުގެ ކަލަންޑަރު ތައްޔާރުކޮށް ޕްރިންޓްކޮށްދޭނެ ފަރާތެއް ހެދުމާއިގުޅޭ

‍‍‍‍

                                        ނަންބަރ: (IUL)241-A/241/2025/

އިޢުލާން

 

 ގއ.އަތޮޅު ކައުންސިލް 2025 ވަނަ އަހަރުގެ ކަލަންޑަރު ތައްޔާރުކޮށް ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދުން

                       

           މިއިދާރާއިން ދައްކާ ނަމޫނާ އެއްގޮތަށް 100 ކަލަންޑަރު ތައްޔާރުކޮށް ޕްރިންޓްކޮށްދޭން ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

           ވީމާ، އަމިއްލަތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތިން ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކޮށް ކަނޑައެޅިފައިވާ ތާރީޚުގައި ބިޑް ހުށަހެޅުއްވުން އެދެމެވެ.

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

1

ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރަންޖެހޭ އެންމެ ފަހުގެ ތާރީޚް

 23ފެބްރުއަރީ 2025

އާދިއްތަ

13:00

2

ބިޑް ހުށަހަޅާ ތާރީޚް

03 މާރޗް 2025

ހޯމަ

11:00

 

          މިމަސައްކަތަށް ދެވޭ މައުލޫމާތު ފޯރުކޮށް ދެވޭނީ ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށެވެ. ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރެއްވުމަށް މިދަންނަވާ މައުލޫމާތާއި އެކު މިކައުންސިލްގެ [email protected]   މި މެއިލް އެޑްރޭހަށް ފޮނުއްވުން އެދެމެވެ.

1- ބިޑް ހުށަހަޅާ ފަރާތުގެ ނަން (އަމިއްލަ ފަރުދެއްނަމަ އައިޑެންޓިޓީ ކާރޑްގައި ވާ ގޮތަށް އަދި ކުންފުންޏަކުން ބިޑް ހުށަހަޅާ ނަމަ ކުންފުނީގެ ރަޖިސްޓްރީގައި ވާ ގޮތަށް )

2- ކުންފުންޏަކުން ނުވަތަ އަމިއްލަ ފަރުދުންގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރި ތަކުން ހުށަހަޅާނަމަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ

3- ބިޑް ހުށަހަޅާ ފަރާތުގެ އައިޑެންޓިޓީ ކާރޑުގެ ކޮޕީ

4- ބިޑް ހުށަހަޅާ ފަރާތުގެ މޮބައިލް ނަންބަރާއި ، އީމެއިލް އެޑްރެސް

            މި ބީލަން ހުޅުވާލެވިފައިމިވަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އަދި މި ބީލަމުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

           ބިޑުތައް ހުންނަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚް އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަންލިޔެފައި އޮންނަންވާނެއެވެ. ވެރިފަރާތް ނޫން އެހެންފަރާތަކުން ބިޑް ހުށަހަޅުއްވަން ވަޑައިގަންނަވާނަމަ ބިޑް ހުށަހެޅުމުގެ 01 ގަޑިއިރު ކުރިން ސިޓީ އަކުން މިއިދާރާއަށް އެކަން އަންގަންވައިދެއްވުން އެދެމެވެ. އަދި  ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ އެއް އަންދާސީ ހިސާބެވެ.

           ވީމާ، މިކަން އަންގާ އިއުލާން ކުރީމެވެ.

           19 ޝައުބާން 1446 ހ.

           18 ފެބްރުއަރީ 2025 މ.

 

 

 

 

 

                                                     ނަންބަރ: (IUL)241-A/241/2025/1

 

 

18 ފެބުރުވަރީ 2025
ހޯދާ