ދިވެހިރާއްޖެ
ނަންބަރު: (IUL)320-PRM/320/2025/39
އިޢުލާން
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ބެހޭ
ޤާނޫނު ނަމްބަރު 2010/08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުން) ގެ 33 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވާލެވިފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކޮށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭގޮތުން އެކައަށައެޅޭ ސިޔާސަތުތައް ތަންފީޛުވަމުންދާ މިންވަރު ބެލުމުގެ މަޤުޞަދުގައި، ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަޢުލީމީ ދާއިރާގައި ދިމާވާ ގޮންޖެހުންތައް ދެނެގަތުމަށް ބޭނުންވެއެވެ. އެހެންކަމުން ސަރުކާރުގެ ކަމާއިގުޅުންހުރި މުޢައްސަސާތަކާއި ގުޅިގެން، ތަޢުލީމީ ނިޒާމް ހަރުދަނާކުރުމުގެ މަސައްކަތްތައް ކުރުމުގެ ގޮތުން، ބެލެނިވެރިންނާއެކު އޮންލައިންކޮށް ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވެއެވެ.
ވީމާ، ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް އެދިލައްވާ ބޭފުޅުންނަށް ރެޖިސްޓަރވުމަށް ހުޅުވާލުމުގެ ގޮތުން ފަރުމާކުރެވިފައިވާ ފޯމް، ތިރީގައިވާ ލިންކު މެދުވެރިކޮށް ފުރުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.
އިޚްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.
18 ޝަޢުބާން 1446ހ