ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ވަގުތީ މުވައްޒަފުން ހޯދުމަށް 30 ޖޫން 2015 ގައި މި ޑިޕާޓްމަންޓުން ކޮށްފައިވާ IUL)120/1/2015/32) ނަންބަރުގެއިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް މީހުން ލިބިފައިނުވާތީއާއި، އިޢުލާނުގައި ހިމަނަންޖެހޭ ބައެއް މައުލޫމާތު ހިމެނިފައިނުވާތީ، އެ އިޢުލާން ބާޠިލްކުރުމަށްފަހު، މި ޑިޕާޓްމަންޓުގެ، ތިރީގައިމިވާ މަޤާމުތަކަށް ވަގުތީ މުވައްޒަފުން ހޯދުމަށް އަލުން އިޢުލާން ކުރީމެވެ.
| 
 މަޤާމް  | 
 އެގްޒެމިނަރ (ކޮންޓްރެކްޓް)  | 
||||
| 
 ބޭނުންވާ އަދަދު  | 
 ދިވެހި މާއްދާގެ 9 އިސްލާމް މާއްދާގެ 9 | 
||||
| 
 ޢުޖޫރަ:  | 
 -/10،000 ރުފިޔާ  | 
||||
| 
 މުއްދަތު:  | 
 އޮގަސްޓު 16 އިން ސެޕްޓެންބަރު 20 އަށް  | 
||||
| 
 
 އަސާސީ ޝަރުޠު:  | 
  | 
||||
| 
 މަޤާމުގެ މަސްއޫލިއްޔަތު:  | 
 ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގެ ސުވާލު ކަރުދާހާއި މާކިންގ ސްކީމް އެކުލަވައިލުން.  | 
||||
| 
 ވަޒީފާއަށް އެންމެ ޤާބިލް މީހެއް ހޮވުމަށް ބަލާނޭ ކަންކަން:  | 
 ލިބިފައިވާ ތަޖުރިބާއާއި ޤާބިލްކަން ކަށަވަރުކުރުމަށްޓަކައި އިންޓަވިއުއިން ނުވަތަ ލިޔުމުން ޖަވާބުދާރީވާން ޖެހޭނެއެވެ.  | 
||||
| 
 އިންޓަރވިއު ކުރުން:  | 
 މި މަޤާމްތަކަށް މީހުން ހޮވުމަށް އިންޓަވިއުކޮށް، ލިޔުމުން ޖަވާބުދާރީކުރުވާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.  | 
||||
| 
 
 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމު، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ޑިޕާޓްމަންޓުގެ www.dpe.edu.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) ށ- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި) ނ- ވަޒީފާއެއް އަދާކުރާނަމަ، ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާގެ މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭ ލިޔުމެއް. ރ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ސާފުކޮށް ފެންނާނޭހެން ނަގާފައިވާ ކޮޕީ. ބ- ވަޒީފާއަށް އެދޭ މީހާގެ ވަނަވަރު (ސީވީ) ނޯޓް:  ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެއެވެ.  | 
||||
| 
 ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:  | 
 - މި މަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ (ފިލާ ބިލްޑިންގ 2، ބޮޑުތަކުރުފާނު މަގު، 2 ވަނަ ފަންގިފިލާގެ) ކައުންޓަރަށެވެ. - ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 އޮގަސްޓު 13 ވާ ބުރާސްފަތި ދުވަހުގެ 14:30 އެވެ.  | 
||||
13 ޝައްޥާލުް 1436
