ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު (ގަސް ބުޑުތަކާއި ރުއްބުޑުތައް ނެގުން)

 ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

ތިރީގައިވާ މަސައްކަތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

  1. ސްކޫލްގެ އެކި ސަރަޙައްދުތަކުގައި ހުރި ގަސް ބުޑުތަކާއި ރުއްބުޑުތައް ނެގުން (6 ގަސް ބުޑާއި 9 ރުއް ބުޑު)

-          ގަސް ބުޑުތަކާއި ރުއްބުޑުތައް ނަގަންވާނީ އައު ގަހެއް އެތަނުގައި ހެއްދޭނެ މިންވަރަށް ގަހުގެ ބުޑުގެ ވަށައިގެންވާ ސަރަޙައްދު ކޮނެ ގަހުގެ މޫތައް ކަނޑައި ނަގައިގެންނެވެ.

-          ސްކޫލް އިމާރާތުގެ ޢަލީވަޒީރު މަގާއި ވީ ފަޅީގައި ހުރި ގަސްބުޑުތައް ނެގުމުގައި، އެސަރަހައްދުގެ ބިމުގެ އަޑީގައި ވަޅުލަފައިވާ ނަރުދަމާ ހޮޅިތައް، ވޯޓަރ ސަޕްލައި ފެންހޮޅި، ކަރަންޓް އަދި

އިންޓަރނެޓް ކޭބަލްތަކަށް ގެއްލުމެއް ނުލިބޭނެހެން މަސައްކަތްކުރުމަށް ސަމާލުކަން ދޭންވާނެއެވެ.   

 

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 ފެބުރުވަރީ 18 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް [email protected] އަށް އަގު

ހުށަހެޅުއްވުން އެދެމެވެ. އަދި އަގު ހުށައަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ކަންތައްތައްކަށް ސަމާލުކަންދެއްވުން އެދެމެވެ.

1-      މަސައްކަތަކަށް ކަނޑައަޅާ އަގު އެނގޭނެގޮތަށް ތަފްސީލާއިއެކު ހުށަހެޅުން

2-      މަސައްކަތަށް ހޭދަވާނޭ މުއްދަތު ބަޔާންކުރުން

3-      އަގު ހުށަހަޅާ ފަރާތުގެ އައި.ޑީ.ކާޑު ހުށަހެޅުން

4-      މި މަސައްކަތްތަކަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި

ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

13 ފެބުރުވަރީ 2025
ހޯދާ