އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ބިއްލޫރިޖެހިގޭ ދެ ފާހާނާ މަރާމާތު ކުރުން

ބިއްލޫރިޖެހިގެހިގޭގައި ހިންގާ މިއޮފީހުގެ ދެ ފާހާނާ މަރާމާތު ކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި ދެންނެވުނު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމުގައި ޕޮއިންޓު ދޭނެ އުޞޫލާއި އަދި ބީލަމާ ބެހޭ އިތުރު މަޢުލޫމާތު މި އިއުލާނާއެކު ވަނީ ހިމެނިފައެވެ. މި ބީލަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.

މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ސައިޓް ސާރވޭ ކުރެއްވުމަށް 17 ފެބުރުވަރީ 2025 ވާ ހޯމަ ދުވަހުން ފެށިގެން 20 ފެބުރުވަރީ 2025 ވާ ބުރާސްފަތި ދުވަހާ ހަމައަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 9:00 އާއި 14:00 އާ ދެމެދު 3348217 ނުވަތަ 3323939 އަށް ގުޅުއްވުމަށްފަހު ސައިޓް ސާރވޭއަށް ވަޑައިގެން ސާރވޭ ކުރެއްވޭނެއެވެ. އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް 27 ފެބުރުވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ސްޓާ ކްލައުޑް ބިލްޑިންގ (މ. ޗަބޭލީގެ، މާލެ ) ފުރަތަމަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ދުވަހުގެ 14:00 ގެ ފަހުން އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.

މި ބީލަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 25 ފެބުރުވަރީ 2025 ވާ އަންގާރަ ދުވަހުގެ ކުރިން[email protected]  އީމެއިލްއަށް ސުވާލުތައް ފޮނުއްވުން އެދެމެވެ.

13 ފެބުރުވަރީ 2025
ހޯދާ