ދިވެހިރާއްޖެ
ނ.ކެނދިކުޅުދޫ ސްޓޭޑިއަމްގައި ހަދާފައިހުރި ރޮސްޓްރަމް (ބޯޅަގެ)، ކައުންސިލުން ފޯރުކޮށްދޭ ކުރެހުމާއި ސްޕެސިފިކޭޝަނާ އެއްގޮތަށް، އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިއިޢުލާނަށް ބީލަން ހުށަހެޅޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
މަޝްރޫޢުއާ ގުޅިގެން ކުރަންހުރި މަސައްކަތްތައް:
މިމަސައްކަތާ ގުޅުންހުރި ކުރެހުންތައް އެއްކަރުދާސް ކޮށްފައިވާނެއެވެ.
| 
 ބޮޑުމިން  | 
 ތަފްޞީލު  | 
 މަސައްކަތް  | 
 #  | 
| 
 265 އަކަފޫޓު  | 
 މިހާރު އަޅާފައިވާ ޑެކްގެ ތަޅުން ނަގާ، ގެޔޮގަނޑު ދަގަނޑަށް ބަދަލުކޮށް، ކުރެހުމުގައިވާގޮތަށް އަލުން ޑެކް އެޅުން.  | 
 ޑެކް ބަދަލުކުރުން  | 
 1  | 
| 
 ކުރެހުމުގައި ފާހަގަ ކޮށްފައި  | 
 ރެފްރީ ރޫމާއި ސްޓޯރގައި މިހާރު ޖަހާފައިހުރި ޕާރޓިޝަން ނަގާ، ކުރެހުމުގައިވާގޮތަށް ޕާރޓިޝަން ބަދަލުކުރުން.  | 
 ރެފްރީ ރޫމާއި ސްޓޯރގެ ޕާރޓިޝަން ބަދަލުކުރުން  | 
 2  | 
| 
 ކުރެހުމުގައި ވާގޮތަށް  | 
 ރެފްރީ ރޫމް، ވޯރކްވޭ އަދި ސްޓޯރަށް ބޭނުންވާ ކަރަންޓް ވައިރިން އަޅާ، ލައިޓު، ފަންކާ، ސުވިޗު އަދި ސޮކެޓު ހަރުކުރުން. - ރެފްރީ ރޫމް އަދި ސްޓޯރގައި؛ 1 ލައިޓު، 1 ގޭންގް 2 ސޮކެޓު، 1 ފާރުގަ ހަރުކުރާ ފަންކާ، އަދި ބޭނުންވާ ސުވިޗުތައް. ޑެކް މަށްޗަށް ބޭނުންވާ 1 ގޭންގް ގެ 4 ސޮކެޓު (ވެދާރ ޕްރޫފް) ހަރުކުރުން.  | 
 ކަރަންޓް ވައިރުކުރުން  | 
 3  | 
| 
 265 އަކަފޫޓު  | 
 ރެފްރީ ރޫމް، ވޯރކްވޭ އާއި ސްޓޯރ އަދި ޑެކްގެ އަސްކަނި ސީލިންގ ކުރުން  | 
 ޑެކް ދަށް ސީލިންގ ކުރުން  | 
 4  | 
| 
 ކުރެހުމުގައި ފާހަގަ ކޮށްފައިވާ ސަރަހައްދު  | 
 B ޗޭންޖިންގ ރޫމް (ދެކުނު ފަރާތު)ގެ ސީލިންގގެ ހަލާކުވެފައިވާ ފިލާތައް ނަގާ، ފިލާ ބަދަލުކުރުން.  | 
 B ޗޭންޖިންގ ރޫމް(ދެކުނު) ސީލިންގ ބަދަލުކުރުން  | 
 5  | 
| 
 13.6 އަކަފޫޓު  | 
 A އަދި B ޗޭންޖިންގ ރޫމްގެ 2 ފާޚާނާ، ސީލިންގ މައްޗަށް ފަސޭހައިން އެރޭނެހެން ސީލިންގ ކުރުން.  | 
 2 ޗޭންޖިން ރޫމްގެ ފާޚާނާ ސީލިންގ ކުރުން  | 
 6  | 
| 
 ކުރެހުމުގައި ފާހަގަ ކޮށްފައިވާ  | 
 ރޮސްޓްރަމް ފުރާޅުގެ އެންމެ ހުޅަނގަށް އޮތް، ހަލަކުވެފައިވާ 4 ޓިނުގަނޑު ނަގާ، ބަދަލުކުރުން. (ލައިސާޓް ޓިނު)  | 
 ރޮސްޓްރަމް ފުރާޅުގެ އެންމެ ހުޅަނގަށް އޮތް 4 ޓިނުގަނޑު ބަދަލުކުރުން.  | 
 7  | 
| 
 ކުރެހުމުގައި ވާގޮތަށް  | 
 ކުރެހުމާއި އެއްގޮތަށް ޑެގް އަޅާ ސަރަހައްދު މަތި އެއްކޮށް ހިޔާކުރުމާއި ލައިވް ކުރުމަށް ޚާއްސަ ޕްލެޓްފޯމެއް ހެދުން.  | 
 ޑެގް އަޅާ ސަރަހައްދު ހިޔާކުރުން އަދި ލައިވް ކުރާ ޕްލެޓްފޯމެއް ހެދުން  | 
 8  | 
| 
 ނަން ނޯޓް ކުރުން/ ރަޖިސްޓްރޭޝަން  | 
 ބީލަން ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން، 17 ފެބުރުވަރީ 2025 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރޭޝަން ފޯރމު ފުރިހަމަކޮށް ފޮނުވަންވާނެއެވެ. ރަޖިސްޓްރޭޝަން ލިންކް: https://forms.office.com/r/VDy7pzFw4p މިއިޢުލާނަށް ބިލަން ހުށަހެޅޭނީ، ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.  | 
||||||
| 
 މަޢުލޫމާތު ބައްދަލުވުން  | 
 މިބީލަމާ ގުޅޭ މަޢުލޫމާތު ބައްދަލުވުން، 17 ފެބުރުވަރީ 2025 ވާ ހޯމަ ދުވަހުގެ 13:00 ގައި، ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. ބީލަން ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން، މިމަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވުމަކީ ލާޒިމު ކަމެކެވެ. ބައްދަލުވުމަށް ވަޑައިނުގަނެވޭ ފަރާތްތަކުން، ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، ބައްދަލުވުމަށް ޙާޟިރު ވުމުގެ ކުރިން އެފަރާތުގެ މަޢުލޫމާތު، ލިޔުމުން ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] އަށް ފޯރުކޮށްދޭން ވާނެއެވެ.  | 
||||||
| 
 ބީލަން ހުށަހެޅުން  | 
 ބީލަން ހުށަހެޅުން އޮންނާނީ 24 ފެބުރުވަރީ 2025 ވާ ހޯމަ ދުވަހު 13:00ގައި ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. ބީލަން ހުށަހަޅާ ފަރާތަށް ހުށަހެޅޭނީ 1 (އެކެއް) ޕްރޮޕޯސަލެވެ. އެއް ޕްރޮޕޯސަލަށްވުރެ ގިނަ ޕްރޮޕޯސަލް، އެއް ފަރާތަކުން ހުށަހަޅައިފިނަމަ، އެފަރާތަކުން ހުށަހަޅާ ހުރިހައި ޕްރޮޕޯސަލެއް ބާޠިލް ކުރެވޭނެއެވެ. މީގެ ތެރޭގައި އެހެން ފަރާތަކުން ހުށަހަޅާ ޕްރޮޕޯސަލެއްގައި ބައިވެރިވުންވެސް ހިމެނޭނެއެވެ.  | 
||||||
| 
 ބީލަމާއެކު ހުށަހަޅަންޖެހޭ ތަކެތި:  | 
 އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއާއި ވެރިފަރާތުގެ އައިޑީ ކާޑް ކޮޕީ 
 - ފަރުދީ ވިޔަފާރި، ޕާޓްނާރޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީތަކުން ސޮއިކުރުމުގެ އިޚްތިޔާރުދީފައިވާ ކަމުގެ ޕަވަރ އޮޕް އެޓާރނީ ހުށަހަޅަންވާނެއެވެ. - ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރނޫން އެހެން ފަރާތަކުން ސޮއިކުރިނަމަ ބޯޑު ރިޒޮލިއުޝަން ހުށަހަޅަންވާނެއެވެ. 
 ޕްރޮފައިލްގައި ހުށަހަޅަންޖެހޭ މައިގަނޑު މައުލޫމާތުތަކީ:- ހ) ކުރިމަތިލާ ފަރާތުގެ މަޢުލޫމާތު ށ) ކުންފުނި، ޕާޓްނަރޝިޕް ނުވަތަ ކޯޕަރޭޓިވްސް ފަދަ ތަނަކުން ހުށަހަޅާނަމަ ބޯޑު މެންބަރުން އަދި މެނޭޖިންގ ޑިރެކްޓަރ / މެނޭޖިން ޕާޓްނާރ ފަދަ އިސްމަގާމުތަކުގައިވާ ފަރާތްތަކުގެ މަޢުލޫމާތު ނ) ބީލަން ހުށަހަޅާ ފަރާތުން ޢާންމުކޮށް ކުރާ ވިޔަފާރި / މަސައްކަތްތައް  | 
||||||
| 
 ބީލަން ވަޒަންކުރުން:  | 
 ބީލަން ކާމިޔާބުކުރާ ފަރާތެއް ކަނޑައެޅުމަށްޓަކައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތާއި އިސްކަންދޭނެ ތަރުތީބު 
  | 
||||||
| 
 ޕްރޮޕޯސަލަށް މާކްސް ދެވޭނެ ގޮތް:  | 
 
  | 
||||||
| 
 އިތުރު މަޢުލޫމާތު:  | 
 އެކަށީގެންވާ އަދަދަށް ބިޑު ލިބިފައި ނުވާނަމަ އަދި ހުށަހަޅާފައިވާ ބިޑްތަކުގެ އަގާއި މުއްދަތު އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލްކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ. - ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ - ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ، - ފޯން: 6560013 ނުވަތަ 6560663 (ރަސްމީ ގަޑީގައި) - އީމެއިލް: [email protected]  | 
މިމަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން 17 ފެބުރުވަރީ 2025 ވާ ހޯމަ ދުވަހު 11:00ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވެ، މަޢުލޫމާތު ބައްދަލުވުމަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 24 ފެބުރުވަރީ 2025 ވާ ހޯމަ ދުވަހު 13:00ގައި ކެނދިކުޅުދޫ ކައުންސިލަށް ވަޑައިގެން ބީލަން ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
14 ޝަޢްބާން 1446
13 ފެބުރުވަރީ 2025
