ގއ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ރިސެޕްޝަނިސްޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ގއ. އަތޮޅު ހޮސްޕިޓަލުގެ ދަށުން ހިންގަމުންގެންދާ ގއ. ކޮންޑޭ ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް

ރިސެޕްޝަނިސްޓް

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ. އެސް. 3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން

ގއ. ކޮނޑޭ ޞިއްޙީ މަރުކަޒު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 • ޞިއްޙީ މަރުކަޒަށް ޚިދުމަތްހޯދަން އަންނަ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި، މެމޯ ހައްދައިދިނުމާއި، ރިސެޕްޝަނުގައި ކުރަންޖެހޭ އާސަންދައިގެ އެންމެހައި މަސައްކަތްކުރުން.
 • ތަރުޖަމާނަކު ނެތްނަމަ، ޑޮކްޓަރ ކޮޓަރީގައި ބަލިމީހުން ބެލުމަށް އެހީތެރިވެދިނުމާއި، ބަލިމީހުނަށް ދޫކުރާ ލިޔުންތަކުގެ ތެރެއިން ރިފަރަލް، މެޑިކޯ ލީގަލްފަދަ ލިޔުންތައް ތައްޔާރުކުރުން.
 • ރެޖިސްޓްރޭޝަންގެ ހުރިހައި މަސައްކަތެއް ކުރުމުގައި އެހީތެރިވެދިނުން.
 • އޯ. ޕީ. ޑީ. އިންވެންޓްރީ ބެލެހެއްޓުމާއި، ކައުންޓަރަށް ލިބޭ ފައިސާ ބަލައިގަނެ، ކަމާގުޅޭ މުވައްޒަފުންނަށް ހަވާލުކުރުން.
 • ޞިއްޙީ މަރުކަޒަށް ޚިދުމަތް ހޯދުމަށް ފޯނުން ނުވަތަ އެހެންގޮތަކުންވެސް މުޢާމަލާތްކުރާ ފަރާތްތަކަށް އަދަބުވެރިކަމާއެކު މުޢާމަލާތްކުރުމާއި، އެހީތެރިވުމާއި، ކަންކަން އޮންނަ ރަނގަޅުގޮތް ސާފުކޮށް ބުނެދިނުން.
 • މީގެ އިތުރުންވެސް، ޞިއްޙީ މަރުކަޒުން އަންގާ، ޞިއްޙީ މަރުކަޒުގެ ރަސްމީ މަސައްކަތްކުރުން.  

ތައުލީމާއި ތަޖުރިބާ

 • ޖާރނަލިޒަމް، ޕަބްލިކް ރިލޭޝަން ފޮރިން ރިލޭޝަން، އިންފޮމޭސަން މެނޭޖްމަންޓް، މާކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމެންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ޖާނަލިޒަމް، ޕަބްލިކް ރިލޭޝަން ފޮރިން ރިލޭޝަން، އިންފޮމޭސަން މެނޭޖްމަންޓް،  މާކެޓިންގ  މެނޭޖްމަންޓް،  ބިޒްނަސް  މެނޭޖްމެންޓް  ނުވަތަ  ބިޒްނަސް  އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
 • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
 • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
 • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ޢިނާޔަތްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

 • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ގއ. އަތޮޅު ހޮސްޕިޓަލުގެ ކައުންޓަރުންނާއި، ގއ. ކޮނޑޭ ޞިއްޙީ މަރުކަޒުން ލިބެން ހުނާނެއެވެ. އަދި މިނިސްޓްރީ އޮފް ހެލްތުގެ www.health.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)
 • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
 • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
 • މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
 • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީއެއް.
 • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

2015 އޮގަސްޓު 11 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން، ގއ. ކޮނޑޭ ޞިއްޙީ މަރުކަޒަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން

2015 ވަނަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 6824658 ނަންބަރު ފޯނަށް ނުވަތަ 6820070 ނަންބަރު ފޯނަށެވެ.

17 ޝައްޥާލް 1436

02 އޮގަސްޓް 2015
ހޯދާ