ދިވެހިރާއްޖެ
ނޭކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން އިންތިޒާމުކޮށްގެން މި ރަމަޟާންމަހު ބާއްވާ ރަންދާނަ މަދަޙަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 މާރިޗު 13ން 18އަށެވެ.
ވީމާ، މިމަދަޙަ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 26ފެބްރުއަރީ 2025ވާ ބުދަ ދުވަހުގެ 12:00ގެކުރިން މި އިއުލާނާއެކުގައިވާ އޮންލައިން ފޯމު ފުރިހަމަކުރައްވާ ހުށައެޅުއްވުން އެދެމެވެ. މަދަޙަ މުބާރާތުގެ ޤަވާޢިދު މި އިޢުލާނާއިއެކު ހިމަނާފައިވާނެއެވެ. މިމުބާރާތުގައި ގުރޫޕް މަދަހައާއި ވަކިވަކި މަދަޙަ ހުށައެޅޭނެއެވެ.
ގުރޫޕް މަދަޙައިގައި ބައިވެރިވުމަށް އެދޭ ފޯމު: https://forms.gle/URqgtUTpzvUAX1Ki6
ވަކިވަކި މަދަޙައިގައި ބައިވެރިވުމަށް އެދޭ ފޯމު: https://forms.gle/yVLQcHfEnFb5rz4e8
މި މުބާރާތުގައި ބައިވެރިވެވޭ ކެޓަގަރީތައް ތިރީގައި އެވަނީއެވެ.
ކެޓަގަރީ 1ގައި ހިމެނޭނީ ސްކޫލް ދަރިވަރުންނަށެވެ. ސްކޫލް ދަރިވަރުންގެ ގޮތުގައި ބަލާނީ ތިރީގައި ބަޔާންކޮށްފައިވާ ކީ ސްޓޭޖްތަކަށެވެ.
- ފައުންޑޭޝަން
- ކީ ސްޓޭޖް 1
- ކީ ސްޓޭޖް 2
- ކީ ސްޓޭޖް 3
- ކީ ސްޓޭޖް 4
ކެޓެގަރީ 2ގައި ހިމެނޭނީ އާއްމުންނަށް ހުޅުވާލެވިފައިވާ ބައެވެ.
- 18އަހަރުން މަތި
- 18އަހަރުން ދަށް
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.