ދިވެހިރާއްޖެ
1446 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު، މި ކައުންސިލުން ބާއްވަން ހަމަޖެހިފައިވާ ދުވާފަރު ކައުންސިލްގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުރިހާ އުމުރުފުރާ އަކަށް އާންމުކޮށް ހުޅުވާލަމެވެ. މުބާރާތުގައި ބައިވެރި ވުމުގެ ފުރުޟަތު 11 ފެބްރުއަރީ 2025 ން 18 ފެބްރުއަރީ 2025 ގެ ނިޔަލަށްވަނީ ހުޅުވާލެވިފައެވެ.
މިމުބާރާތް ކުރިޔަށް ދާނީ 2 ގޮތްޕަކަށް ބަހާލެވިގެންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮތްޕެވެ. ކޮންމެ ގޮތްޕެއްގަވެސް 6 އުމުރުފުރާ ހިމެނޭނެއެވެ. އުމުރުފުރާ ކަނޑައެޅުމުގައި ބަލާނީ 01 ޖަނަވަރީ 2025 އަށް ބައިވެރިޔާއަށް ފުރޭ އަހަރަށެވެ.
މިމުބާރާތުގައި ބައިވެރިވާން ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ ރ.ދުވާފަރު ކައުންސިލް އިދާރާއަށެވެ. މިމުބާރާތުގެ އުޞޫލް ގެޒެޓް ކުރެވޭނެ ވާހަކަ ދަންނަވަމެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ލިބިވަޑައިގަންނަވާނީ ރ.ދުވާފަރު ކައުންސިލް އިދާރާގެ ކައުންޓަރުންނެވެ. ފޯމް ބަލައިގަންނާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރު 13:30 އަށް ކަމުގައި ދަންނަވަމެވެ. އަދި ހުކުރު ދުވަހު ފޯމު ދޫކުރުމާއި ބަލައިގަތުން 14:00 އިން 16:00 އަށް އަދި ހޮނިހިރު ދުވަހު ހެނދުނު 10:00 އިން 14:00 އަށް ކުރިއަށް ދާނެ ވާހަކަދަންނަވަމެވެ.
މި މުބާރާތުގެ ބައިވެރިވުމުގެ އެންމެ ފަހު ތާރީޚައަކީ 18 ފެބްރުއަރީ 2025 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށްށެވެ.
މުބާރާތުގެ މުޤައްރަރު:
# |
ޢުމުރުފުރާ |
ބަލައިގެން |
ނުބަލާ |
||
މަތިން |
ތިރިން |
މަތިން |
ތިރިން |
||
1 |
6 އަހަރުން ދަށުގެ އުމުރުފުރާ |
ބައިވެރިޔާ ބޭނުންވާ ސޫރަތެއް ކިޔެވުމުގެ އިޚްތިޔާރު |
|||
2 |
9 އަހަރުން ދަށުގެ އުމުރުފުރާ |
ފޮތް 1 - 3 |
ފޮތް 28 - 30 |
1 ވަނަ ފޮތް |
30 ވަނަ ފޮތް |
3 |
12 އަހަރުން ދަށުގެ އުމުރުފުރާ |
ފޮތް 1 - 7 |
ފޮތް 24 - 30 |
ފޮތް 1 - 3 |
ފޮތް 28 - 30 |
4 |
15 އަހަރުން ދަށުގެ އުމުރުފުރާ |
ފޮތް 1 - 10 |
ފޮތް 21 - 30 |
ފޮތް 1 - 5 |
ފޮތް 26 - 30 |
5 |
18 އަހަރުން ދަށުގެ އުމުރުފުރާ |
ފޮތް 1 - 15 |
ފޮތް 16 - 30 |
ފޮތް 1 - 7 |
ފޮތް 24 - 30 |
6 |
18 އަހަރުން މަތީގެ އުމުރުފުރާ |
ފޮތް 1 - 30 |
ފޮތް 1 - 10 |
ފޮތް 21 - 30 |