ދިވެހިރާއްޖެ
ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއާއި ދައުލަތުގެ އެހެން އިދާރާތައް ގުޅިގެން ދިވެހިރާއްޖޭގައި އުޅޭ ބިދޭސީންގެ މަޢުލޫމާތު އަދާހަމަކުރުމުގެ ގޮތުން ކުރިޔަށް ގެންދާ ޕުރޮގުރާމް ގައި މިރަށުގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު "ނާރެސް" ޕޯޓަލްގައި އަދާހަމަކުރާން ބޭނުންވެއެވެ.
މި ޕްރޮގްރާމް ކުރިޔަށް ދާނީ 2025 ފެބުރުވަރީ 10 ވާ ހޯމަ ދުވަހުން ފެށިގެން 2025 ފެބުރުވަރީ 13 ވާ ބުރާސްފަތި ދުވަހާއި ހަމައަށް ކޮންމެ ދުވަހެއްގެ 13:00 އިން 14:00 އަށް އަދާހަމަނުކުރެވިތިބި ބިދޭސީންގެ މަޢުލޫމާތު ހަދާހަމަކޮށް ނިމުމާ ހަމައަށެވެ. އެ ދުވަހެއްގައި މި އިދާރާއަށް މަޢުލޫމާތު ހިއްސާކުރެއްވުމަށް ދުރުވާނެ ބޭފުޅުންނަށް އެދުވަހަކު ގުޅާ އެންގޭނެއެވެ. އަދި މަޢުލޫމާތު ހިއްސާކުރެއްވުމަށް ބިދޭސީން ފޮނުވުމަކީ އެ ބިދޭސީއަކު ގެންގުޅޭ ވެރިފަރާތުގެ ޒިންމާއެކެވެ.
ވީމާ، މިކަމުގައި ބިދޭސީން ގެންގުޅުއްވާ އެންމެހައި ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވުން އެދި ދެންނެވީމެވެ.